މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
އެސިސްޓެންޓް އެކައުންޓްސް އޮފިސަރ (ޖީ.އެސް 3)

މަޤާމު:

އެސިސްޓެންޓް އެކައުންޓްސް އޮފިސަރ (ޖީ.އެސް 3)  

ބޭނުންވާ އަދަދު:

01

މުސާރަ:

-/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

އޮފީސް/ ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ، ކ.މާލެ

ސެކްޝަން:

ރިސޯސް މޮބިލައިޒޭޝަން އެންޑް ޑެޓް މެނޭޖްމަންޓް ޑިވިޜަން/ ޑެޓް ރިކޯޑިންގ އެންޑް ރިޕޯޓިން ސެކްޝަން     

މަޤާމުގެ ޝަރުޠު:

 • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (ބިޒްނަސް މެނޭޖްމަންޓް/ ފިނޭންސް/ ސްޓެޓިސްޓިކްސް/ އިކޮނޮމިކްސް) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
 • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

އިތުރު ތަފުސީލު

ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައް (އެކްރެޑިޓްކޮށްފައިނުވި ނަމަވެސް) ސިވިލް ސަރވިސްގެ އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބެލެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

 • ފައިސާއަށް އެދި އިމްޕްލިމެންޓިންގ އެޖެންސީން ލިބޭ އިންވޮއިސް/އިންޓެރިމްތަކަށް ވިތުޑްރޯވަލް އެޕްލިކޭޝަން އަދި ސަމަރީ ޝީޓު ހެދުމާއި ސޮއި ހޯދައި ފޮނުވުން 
 • ދައުލަތް މެދުވެރިކޮށް ނަގާ އިސްލާމިކް އިންސްޓްރުމަންޓްސްގެ އެންމެހާ ކަންތައްތައް ކުރުމަށް އެހީތެރިވެދިނުން.
 • ލޯނާ ހިލޭއެހީގެ އެކައުންޓްތައް ކްރެޑިޓަރ ސްޓޭޓްމަންޓާއި ރިކޮންސައިލްކުރުން.
 • ދައުލަތުން ނަގާފައިވާ ލޯނާ ހިލޭއެހީތަކަށް ހިނގާ ޑިސްބަރސްމެންޓްތައް ކޮންޓްރެކްޓް ލެޖާގައި ރެކޯޑުކުރުމާއި އަދި ސީ.އެސް.ޑީ.އާރ.އެމް.އެސްގައި ނުވަތަ އެހެން ޑޭޓާބޭސްއެއްގައި ރިކޯޑު ކުރުން
 • ލޯނާ ހިލޭއެހީގެ ދަށުން ހިންގަމުންދާ މަޝްރޫޢުތަކާއި އަދި ހިންގުމަށް ރޭވިފައިވާ މަޝްރޫޢުތަކުގެ ފައިނޭންޝަލް ސްޓޭޓަސް އަޕްޑޭޓް ކުރުން
 • ކޮންޓްރެކްޓްތަކާ ގުޅިގެން މަޝްރޫޢުތަކަށް ދިމާވާ މައްސަލަތައް ޑިވިޜަންގެ ވެރިންގެ ސަމާލުކަމަށް ގެނައުމާއި، ޑިވިޜަންގެ ވެރިންގެ ލަފާގެ މަތިން މައްސަލަ ހައްލުކުރުމަށް ކުރަންޖެހޭ ކަންތައްތައް އިންތިޒާމުކުރުން
 • ދައުލަތުގެ ބަޖެޓު ތައްޔާރު ކުރުމަށް ލޯން އަދި ގްރާންޓް ޑިސްބަރސްމަންޓާބެހޭ މަޢުލޫމާތު ތައްޔާރުކޮށް ފޯރުކޮށްދިނުމަށް އެހީތެރިވެދިނުން
 • އަހަރީ ރިޕޯޓަށް އަދި ބަޖެޓަށް ބޭނުންވާ މަޢުލޫމާތު ތައްޔާރުކުރުން
 • މީގެ އިތުރުން ވެރިން އަންގަވާ އޮފީސް މަސައްކަތްކުރުން

އުޖޫރައާއި އިނާޔަތްތައް:

 • އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
 • ފިނޭންސް އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ދެވޭނެއެވެ.
 • އާސަންދަ (ހެލްތް އިންޝުއަރެންސް)

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

 • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައިވުން.  
 • މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު
 • ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު
 • ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިންސައްތަ: %49)
 • މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: %8)
 • އިންޓަރވިއު (ކަނޑައެޅިފައިވާ އިންސައްތަ %43)

ހުށަހަޅަންޖެހޭ ލިޔުންތައް:

 • ފުރިހަމަކުރެއްވިފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).
 • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު (މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).
 • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓު) އަދި ޓްރާންސްކްރިޕްޓް. ސެޓުފިކެޓު ލިބިފައިނުވާނަމަ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ދޫކުރާ ލިޔުން، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓުފިކެޓު
 • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
 • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އަދި ކުރަމުންގެންދާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (މި ލިޔުމުގައި މުވައްޒަފު އަދާކޮށްފައިވާ މަޤާމުތަކުގައި ހޭދަވި މުއްދަތު އަދި ކޮށްފައިވާ މަސައްކަތް އެނގޭގޮތަށް ހުށަހެޅުން). 

ސުންގަޑި:

27 އޮގަސްޓް 2015 (ބުރާސްފަތި) ދުވަހުގެ 14:30 ގެ ނިޔަލަށް.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349339/3349335 ނަންބަރު ފޯނާއެވެ. މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ފޯނުންގުޅައި އެކަން އެންގޭނެއެވެ. އަދި އިޢުލާންގެ މުއްދަތު ހަމަވާތާ 3 ހަފުތާގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އާއި އިމްތިޙާން ކުރުން މިމިނިސްޓްރީގައި ބޭއްވޭނެއެވެ.

27 ޝައްވާލް 1436   

13 އޮގަސްޓް 2015
ހޯދާ