މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން: އެޑްމިނިސްޓްރޭޓިވް އޮފިސަރ (ކޮންޓްރެކްޓް)

މުސާރަ: -/4465 ރުފިޔާ

ސާރވިސް އެލަވަންސް: -/1500 ރުފިޔާ

ރޭންކް: ޖީ.އެސް 3

ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު: 1

މުއްދަތު: 31 ޑިސެންބަރު 2015ގެ ނިޔަލަށް

މަސައްކަތް ކުރަންޖެހޭ ތަން: ޒުވާނުންގެ މަރުކަޒު/ ސ.ހިތަދޫ

ޝަރުޠު:

 • އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
 • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

 • ޔޫތު ސެންޓަރުގެ އިދާރީ އެންމެހާ ކަންތައްތައް ކުރުން.
 • ޔޫތު ސެންޓަރުން ހިންގާ ހުރިހާ ޕްރޮގްރާމްތަކެއް ރާވައި ހިންގައި އަދި އެމަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުން.
 • ޔޫތު ސެންޓަރުގެ މުވައްޒަފުންގެ މަސައްކަތްތައް ބެލެހެއްޓުން.

މަޤާމުގެ ނަން: އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ (ކޮންޓްރެކްޓް )

މުސާރަ:  -/3565 ރުފިޔާ

ސަރވިސް އެލަވަންސް: -/1500 ރުފިޔާ

ރޭންކް: ޖީ.އެސް 1

ކްލެސިފިކޭޝަން: އެސިސްޓެންޓް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު: 1

މުއްދަތު: 31 ޑިސެންބަރު 2015ގެ ނިޔަލަށް

މަސައްކަތް ކުރަންޖެހޭ ތަން: ޒުވާނުންގެ މަރުކަޒު/ ސ.ހިތަދޫ

ޝަރުޠު:

 • އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ޔޫތު/ ސްޕޯޓްސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
 • ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

 • ޔޫތު ސެންޓަރުގެ އިދާރީ އެންމެހާ ކަންތައްތައް ކުރުން.
 • ޔޫތު ސެންޓަރުން ހިންގާ ހުރިހާ ޕްރޮގްރާމްތަކެއް ރާވައި ހިންގައި އަދި އެމަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުން.
 • ޔޫތު ސެންޓަރުގެ މުވައްޒަފުންގެ މަސައްކަތްތައް ބެލެހެއްޓުން.

މަޤާމުގެ ނަން:  މަސައްކަތު (ކޮންޓްރެކްޓް)

މުސާރަ: -/3100 ރުފިޔާ

ސާރވިސް އެލަވަންސް: -/1000 ރުފިޔާ

ރޭންކް: އެސް އެސް 1

ކްލެސިފިކޭޝަން: ސަޕޯޓް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު: 3

މަސައްކަތް ކުރަންޖެހޭ ތަން: ޒުވާނުންގެމަރުކަޒު / ސ.ހިތަދޫ

މުއްދަތު: 31 ޑިސެންބަރު 2015 ގެ ނިޔަލަށް

ޝަރުޠު: ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުމާއި، ފުރިހަމަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

 • ކޮންމެ ދުވަހަކު މަރުކަޒުގެ އޮފީސްތެރެ ފޮޅައި ސާފުކުރުން.
 • ކޮންމެ ދުވަހަކު ޢިމާރާތުގެ ގޯތިތެރެ ކުނިކަހައި ސާފުކުރުން.
 • ކޮންމެ ދުވަހަކު އޮފީހުގެ ފާޚާނާތައް ދޮވެ ސާފުކުރުން.
 • ކޮންމެ ދުވަހަކު އޮފީހުގެ ގޮނޑި، މޭޒުތަކާއި ކަބަޑުތައް ފޮޅައި ސާފުކުރުން.

ނޯޓް:

 • އެޑްމިނިސްޓްރޭޓިވް އޮފިސަރާއި އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަޤާމަށް ޝަރުޠު ހަމަވާ މީހެއް ހޮވުމުގައި އިދާރީ މަސައްކަތް ކުރުމުގެ ދާއިރާގައި މަސައްކަތް ކޮށްފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ. އަދި މަސައްކަތުގެ މަޤާމަށް ޝަރުޠު ހަމަވާ މީހެއް ހޮވުމުގައި މަޤާމާ ގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ.
 • ކޮންޓްރެކްޓުގެ މުއްދަތުގައި މަސައްކަތުގެ ފެންވަރަށް ބަލައި ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރެވޭނެއެވެ.
 • މި މަޤާމުގެ އިންޓަރވިއު 01 މަސްދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ.
 • މި ވަޒީފާއަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މިމަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، އިންޓަރވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާއެވެ.
 • ވަޒީފާގެ އިންޓަރވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނަވަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
 • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓްކޮށްފައިވާކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް 
 • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
 • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
 • ސުންގަޑި: 25 އޮގަސްޓު 2015 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން
 • އެޕްލިކޭޝަން ހުށަހަޅަންވީ ތަން: ވެލާނާގޭގެ 3 ވަނަ ފަންގިފިލާގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއަށް އަދި އައްޑޫ ފުޓުބޯޅަދަނޑު.
 • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން އަދި އައްޑޫ ފުޓްބޯޅަދަނޑުން ލިބިވަޑައިގަންނަވާނެއެވެ.
 • ވެބްސައިޓް އެޑްރެސް www.youth.gov.mv
 • އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3347465 އަށް

28 ޝައްވާލް 1436

13 އޮގަސްޓް 2015
ހޯދާ