މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެންވަޔަރަންމަންޓް އެނަލިސްޓް

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ

މަޤާމު

އެންވަޔަރަންމަންޓް އެނަލިސްޓް

މުއްދަތު

 1 އަހަރު

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެމް. އެސް 2

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މުސާރަ

ސަރވިސް އެލަވަންސް

ސްޕެޝަލް ޑިއުޓީ އެލަވަންސް

-/6,295 ރުފިޔާ

-/2,000 ރުފިޔާ

2,203/25 ރުފިޔާ (އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.)

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

މާލެ/ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ/ އެންވަޔަރަންމަންޓް ޑިޕާޓްމަންޓް

ބޭނުންވާ އަދަދު

01

ޝަރުޠު

  1. ސްޓެޓިސްޓިކްސް ނުވަތަ މެނޭޖްމަންޓް ނުވަތަ ތިމާވެށީގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ތިމާވެށީގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. ސްޓެޓިސްޓިކްސް ނުވަތަ މެނޭޖްމަންޓް ނުވަތަ ތިމާވެށިގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ތިމާވެށީގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  3. ސްޓެޓިސްޓިކްސް ނުވަތަ މެނޭޖްމަންޓް ނުވަތަ ތިމާވެށީގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ހާސިލުކޮށްފައިވުން. ނުވަތަ،
  4. ސްޓެޓިސްޓިކްސް ނުވަތަ މެނޭޖްމަންޓް ނުވަތަ ތިމާވެށީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ރާއްޖޭގެ ތިމާވެށީގެ ޙާލަތު ދެނެގަންނާނެ ސްޓެޓިސްޓިކަލް މަޢުލޫމާތު ހޯދާނެ އިންޑިކޭޓަރތަކެއް އެކުލަވާލުން އަދި އިންޑިކޭޓަރުގެ ސްޓޭޓަސް އަޕްޑޭޓް ކުރުމުގެ ނިޒާމު ޤާއިމުކުރުން.
  • އިންޑިކޭޓަރތަކާ އެއްގޮތްވާ ގޮތުގެ މަތިން ތިމާވެށީގެ މަޢުލޫމާތު ގަވާއިދުން އަޕްޑޭޓްކޮށް ބަލަހައްޓާނެ ނިޒާމެއް ޤާއިމުކުރުން.
  • ތިމާވެށްޓާގުޅޭ ތަފާތު ލިޔުންތަކާއި، ދިރާސާ ރިޕޯޓުތަކާއި، ސާރވޭތަކާއި، އަދި އެހެނިހެންވެސް ޕަބްލިކޭޝަންތަކުގެ އަރކައިވެއް ހެދުން.
  • ތިމާވެށްޓާ ގުޅޭ މަޢުލޫމާތު ޤައުމީ ފެންވަރުގައާއި، އަތޮޅުފެންވަރުގައާއި، ރަށުފެންވަރުގައި އަދި ފަރުދީ ފެންވަރުގައި ގަވާއިދުން ހޯދޭނެ އިންތިޒާމު ހަމަޖައްސުން.
  • ތިމާވެށްޓާ ގުޅޭ ޤައުމީ މަޢުލޫމާތުތައް ކަނޑައެޅޭ އުސޫލެއްގެ މަތިން އެނަލައިޒްކޮށް ތިމާވެށީގެ ޙާލަތު ދައްކުވައިދޭ ރިޕޯޓު އެކުލަވާލުމުގެ މަސައްކަތްތައް ކުރުން.
  • ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާގެ އަލީގައި ތިމާވެށީގެ ޙާލަތު ދައްކުވައިދޭ ރިޕޯޓު ފައިނަލްކޮށް ޕަބްލިޝްކުރުން.
  • ތިމާވެށީގެ ޙާލަތު ދައްކުވައިދޭ ރިޕޯޓުގެ ހޯދުންތައް ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކާއި އާންމުކޮށް ހުރިހާ ރައްޔިތުންގެ ސަމާލުކަމަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • ސްޓެޓިސްޓިކްސް ނުވަތަ ގުޅުންހުރި މާއްދާއެއް ކިޔަވާފައި ހުރުން ނުވަތަ ގުޅުންހުރި ދާއިރާއެއްގައި މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައި ހުރިމިންވަރު.
  • ރާއްޖޭގެ ރަށްރަށަށް ގޮސް ސަރވޭ ކުރުމުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ސިވިލް ސަރވިސްގައި މަސައްކަތް ކުރާމުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އިދާރާއަކުން އިއުތިރާޒު ނުކުރާކަމުގެ ލިޔުން.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
  • ސުންގަޑި: 19 އޮގަސްޓު 2015 2014 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް.
  • އިންޓަރވިއު އާއި އިމްތިޙާން ކުރުން 20 އޮގަސްޓު 2015 އާއި 10 އޮގަސްޓު 2015 އާ ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.

27 ޝައްވާލް 1436

12 އޮގަސްޓް 2015
ހޯދާ