ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް މުނިސިޕަލް ސަރވިސް އޮފިސަރ (ވަގުތީ)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤަމު:

އެސިސްޓެންޓް މުނިސިޕަލް ސަރވިސް އޮފިސަރ (ވަގުތީ) މީލާދީ 2 އަހަރުދުވަހަށް

ކުލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގުރޭޑް 2

ރޭންކް:

ޖީ.އެސް 4

މުސާރަ:

5020:00 ރުފިޔާ

އެހެނިހެން އިނާޔަތްތައް:

- ސަވިސް އެލަވަންސް 1500:00 ރ

- މިމަގާމުގެ މުސާރައިގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރަން ޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ބޭނުންވާ އަދަދު:

01

މަޤާމު ބޭނުންވާ

ސެކުޝަން:

އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް

މަސައްކަތް ކުރަންޖެހޭ ތަނާއި، ރަށް:

ލ. މާމެންދޫ ކައުންސިލްގެ އިދާރާ ލ. މާމެންދޫ

މަޤާމުގެ ޝަރުތުތައް:

  • އެޑްމިނިސްޓްރޭޝަން މެނޭޖްމެންޓް ނުވަތަ އައި.ޓީ އެންޑް ކޮމްޕިއުޓިންގ، ނުވަތަ ހިއުމަން ރިސޯސް މެނޭޖްމެންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  • މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ' އީ ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި ' ދިވެހި ' މިމާއްދާއިން ދަށްވެގެން ' ސީ ' ގުރޭޑް ލިބިފައިވުން. ނުވަތަ
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން " ޑީ ' ގްރޭޑް ލިބިފައިވުމާއެކު އޭގެއިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި ދިވެހި މިމާއްދާއިން ' ސީ ' ގުރޭޑް ލިބިފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1. ގޯތީގެ ރަޖިސްޓަރީ، ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ އަދި ބިމުގެ ރަޖިސްޓަރީ ހެއްދުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.

2. ރަށްވެހިންގެ ރަޖިސްޓަރީ ހެއްދުމާއި، އުފަންދުވަހުގެ ސެޓުފިކެޓު ހެއްދުމާގުޅޭ އެންމެހައި މަސައްކަތްކުރުން.

3. ގޯތީގެ އިމުގެ މައްސަލަތަކާއި، ވަކިކުރުމާއި، ބަދަލުކުރުމުގެ ކަންތައްތައް ބެލެހެއްޓުން.

4. އުޅަނދުފަހަރު ރަޖިސްޓަރީ ކުރުމާއި، ސަލާމަތީ ސެޓުފިކެޓު ހެއްދުމާ ބެހޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައްކުރުން.

5. އޮޑިދޯނިފަހަރު ބަނުމަށް ދޫކުރެވޭ ބިމާބެހޭ މައްސަލަ ސަރުކާރުން، އެކިފަރާތްތަކަށް ދޫކުރެވޭ ބިންތަކާއި، ކުއްޔަށް ބިން ލިބުމަށް އެދޭ ފަރާތުގެ މައްސަލަތައް ބެލެހެއްޓުން.

6. އުފަންވާ ކުދިންނާއި މަރުވާ މީހުންނާ ގުޅިގެން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކޮށް ރިޕޯޓް ފޮނުވަންޖެހޭ ފަރާތްތަކަށް ރިޕޯޓް ފޮނުވުން

7. މަސްވެރިކަމާބެހޭ ލައިސަންސް ދޫކުރުން.

8. ބިދޭސީންގެ ދަފުތަރު ބެލެހެއްޓުން

9. ވިޔަފާރިކުރާ ތަންތަނުގެ ހުއްދަ ދިނުމާއި، ހުއްދަ ބާޠިލު ކުރުމާއި، ވިޔަފާރުކުރާ ތަންތަނުގެ ރެކޯޑު ބެލެހެއްޓުން.

10. އަރުވާލާ މީހުންނާއި، ގޭބަންދުގައި ތިބޭ މީހުންގެ ކަންތައް ބެލެހެއްޓުމާއި، އެމީހުންގެ ރެކޯޑު ބެލެހެއްޓުން

މީހުން ހޮވުމުގައި

ބަލާނެ ކަންތައްތައް

- ލިބިފައިވާ ތަޢުލީމާއި ތަމްރީނު

- ވަޒީފާއާ ގުޅޭ ދާއިރާއިން ހޯދާފައިވާ ތަމްރީނު

- ވަޒީފާގެ ދާއިރާގައި މަސައްކަތުގެ މަޢުލޫމާތު ލިބިފައިވާ މިންވަރު

- މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު.

އިންޓަރވިއު ކުރުމާއި، އަދި އިމްތިޙާނު ކުރުން.

ތަނާއި މުއްދަތު ނުވަތަ ތާރީޚު ކަނޑައެޅި ހަމަޖެހުމުން މަދުވެގެން ރަސްމީ 5 ދުވަސް ކުރިން މިމަޤާމަށް އެދުނު ފަރާތްތަކަށް ދެންނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސިވިލްސަރވިސްގެ ވަޒިފާއަށް އެދޭ ފޯމު
  • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފުކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓު ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަނުން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ)
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތުގެ މަސައްކަތާމެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީވީ)

ސުންގަޑި

20 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް

އިތުރު މަޢުލޫމާތު

  • ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު މި އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ.
  • މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6800705 ނަންބަރު ފޯނާއެވެ. 

25 ޝައްޥާލް 1436

10 އޮގަސްޓް 2015
ހޯދާ