މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ހަކަތައާ ގުޅޭ ފޮޓޯގްރަފީ މުބާރާތް 2015

ހަކަތައާގުޅޭ ފޮޓޯގްރަފީ މުބާރާތް 2015

މި އަހަރުގެ ހަކަތައިގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މި މިނިސްޓްރީގެ ފަރާތުން ފޮޓޯގްރަފީ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތަކީ ދިވެހި ރައްޔިތުންގެ މެދުގައި ކަރަންޓު ޚަރަދުކުޑަކުރުމާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ބޭއްވޭ މުބާރާތެކެވެ. މި މުބާރާތުގެ ތީމެއްގެ ގޮތުގައި ހަމަޖެހިފައިވަނީ "ލެޑް ސޭވްސް" މިއެވެ. މިތީމުގެ ދަށުން ފޮޓޯތައް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 6 ކެޓަގަރީއަކަށް ބިނާކޮށެވެ. މި މުބާރާތަށް ހުށަހެޅޭ ފޮޓޯތައް ވާންވާނީ ދިވެހިރާއްޖޭގައި ނެގިފައިވާ ފޮޓޯތަކަށެވެ.

ފޮޓޯތަށް ހުށަހެޅޭނެ ކެޓަގަރީތައް

 1. ކުރީގައި ބޭނުންކުރި ދިއްލުންތައް
 2. ޒީނަތްތެރިކުރުމަށް ދިއްލާ ދިއްލުންތައް
 3. އިމާރާތުގައި ގުދުރަތީ އަލި ބޭނުންކުރުން
 4. އިމާރާތްތަކުގެ ދިއްލުންތައް
 5. އިޖުތިމާޢީ ސަރަޙައްދުގެ ދިއްލުންތައް
 6. ރާއްޖޭގެ ކަރަންޓުގެ ޚިދުމަތަށް އައި ތަރައްޤީ

މުބާރާތަށް ހުށަހަޅާ ފޮޓޯއާއެކު ތިރީގައިވާ މަޢުލޫމާތު ފުރިހަމަވާން ވާނެއެވެ.

 1. ފޮޓޯނެގި ފަރާތުގެ ނަމާއި އެޑްރެސް
 2. ޕޮޓޯ ނަގާފައިވާ ތަނާއި ތާރީޚު
 3. ފޮޓޯގެ ކެޕްޝަން (އިނގިރޭސިން)
 4. ފޮޓޯވަނީ އެޑިޓްކޮށް އެއްވެސް ބަދަލެއް ގެނެވިފައިކަން ނުވަތަ ނޫންކަން (މި ގޮތުން މި މުބާރާތަށް ހުއްދަކުރެވޭ ބަދަލުތަކަކީ ބަރންކުރުން، ޑޮޖްކުރުން ކަލަރ ކަރެކްޝަން އަދި ހޭންޑް ޓިންޓިންގ އެކަންޏެވެ.)
 5. ފޮޓޯ ނަގާފައިވާ ކެމެރާއާއި މޮޑެލް ނަންބަރު

އިންސާފުކުރުމުގައި ބެލޭނެ މިންގަނޑުތައް:

 1. އުފެއްދުން ތެރިކަން
 2. ކޮމްޕޮޒިޝަން (ޓެކްނިކަލް ފެންވަރާއި ކޮލިޓީ)
 3. ފަންނުވެރިކަން
 4. ތީމާ ގުޅުންހުރި މިންވަރު

މުބާރާތުގައި ބައިވެރިކުރެވޭ ފޮޓޯތަކުގެ ތެރެއިން ވަނަވަނައަށް ހޮވޭ ފަރާތްތަކަށް އިނާމު ކަނޑައެޅިފައިވާ ވާހަކަ ދަންނަވަމެވެ. ފޮޓޯ ހުށަހެޅުމުގައި އެއްފަރާތަކަށް ހުށަހެޅޭ ވަކި އަދަދެއް ކަނޑައެޅިފައެއް ނުވެއެވެ. އަދި މި މުބާރަތުގައި ބައިވެރިކުރާ ފޮޓޯތައް ފޮޓޯގެ ވެރިފަރާތުގެ ހުއްދައަކާއި ނުލައި މި މިނިސްޓީގެ ބޭނުންތަކަށް ބޭނުންކުރުމުގެ އިޚުތިޔާރު މި މިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި މިގޮތަށް ބޭނުން ކުރެވޭ ފޮޓޯތަކުގައި އެ ފޮޓޯގެ ވެރިފަރާތަށް ފުރިހަމަ ކްރެޑިޓް ދެވޭނެއެވެ.

މި މުބާރާތަށް ފޮޓޯ ހުށަހެޅުމަށް "ފޮޓޯގްރަފީ ކޮމްޕެޓިޝަން 2015 އެޕްލިކޭޝަން ފޯމު" ފުރުއްވުމަށްފަހު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ރިސެޕްޝަނަށް ފޮޓޯގެ ސޮފްޓްކޮޕީއާއެކު ހުށަހެޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް ހުށަހެޅުއްވުން އެދެމެވެ. މި ފޯމު މި މިނިސްޓްރީގެ ރިސެޕްޝަނުންނާއި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv  އިން ޑައުންލޯޑް ކުރައްވޭނެ ވާހަކަ ދަންނަވަމެވެ.

މި މުބާރާތަށް ހުށަހެޅޭ ފޮޓޯތައް ބަލައިގަނެވޭނެ އެންމެފަހު ތާރީޚަކީ 30 ސެޕްޓެންބަރު 2015 ވާ ބުދަ ދުވަހުގެ މެންދުރު 14:00 އެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ގްރީން ބިލްޑިންގ

މާފަންނު،

މާލެ، ދިވެހިރާއްޖެ

05 ޝައްވާލް 1436

23 ޖުލައި 2015
ހޯދާ