ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރޮޖެކްޓް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ޕްރޮޖެކްޓް އޮފިސަރ    

މަޤާމުގެ ކުލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް:

MS1

މުސާރަ:

5610:00 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

- ސަވިސް އެލަވަންސް:  2000:00 ރުފިޔާ

- މި މަޤާމުގެ މުސާރައިގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމު ބޭނުންވާ

ސެކްޝަން:

އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް 

މަސައްކަތް ކުރަންޖެހޭ ތަނާއި، ރަށް:

ލ. މާމެންދޫ ކައުންސިލްގެ އިދާރާ ލ. މާމެންދޫ

 

 

 

މަޤާމުގެ ޝަރުތުތައް:

  • ޕްލޭނިންގ ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖުމަންޓް، ނުވަތަ ހިޔުމަން ރިސޯސް މެނޭޖްމަންޓް، ނުވަތަ އޮފީސް މެނޭޖްމަންޓް، ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީ އެންޑް ކޮމްޕިއުޓިންގ، ނުވަތަ އެކައުންޓިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން މެނޭޖްމަންޓުގެ ދާއިރާއަކުން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  • ޕްލޭނިންގ ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖްމަންޓް، ނުވަތަ ހިޔުމަން ރިސޯސް މެނޭޖްމަންޓް، ނުވަތަ އޮފީސް މެނޭޖްމަންޓް، ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީ އެންޑް ކޮމްޕިއުޓިންގ، ނުވަތަ އެކައުންޓިންގގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛
  • ޕްލޭނިންގ ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖުމަންޓް، ނުވަތަ ހިޔުމަން ރިސޯސް މެނޭޖުމަންޓް، ނުވަތަ އޮފީސް މެނޭޖްމަންޓް، ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީ އެންޑް ކޮމްޕިއުޓިންގ، ނުވަތަ އެކައުންޓިންގގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ޕްލޭނިންގ ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖުމަންޓް، ނުވަތަ ހިޔުމަން ރިސޯސް މެނޭޖްމަންޓް، ނުވަތަ އޮފީސް މެނޭޖްމަންޓް، ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީ އެންޑް ކޮމްޕިއުޓިންގ، ނުވަތަ އެކައުންޓިންގގެ ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

 

 

މަޤާމުގެ މަސްއޫލިއްޔަތު:

  1. މާމެންދޫ ކައުންސިލް އިދާރާއިން ތައްޔާރުކުރެވިފައިވާ 5 އަހަރުދުވަހުގެ ތަރައްޤީގެ ޕްލޭނާ އެއްގޮތަށް ޕްރޮޖެކްޓްތައް ހިންގުމަށްޓަކައި ޕްރޮޕޯސަލް ތައްޔާރުކޮށް، ޕްރޮޖެކްޓްތައް ހޯދަން މަސައްކަތްކުރުން.
  2. ޕްރޮޖެކްޓްތައް ހިންގުމަށް ބޭނުންވާ ޢާންމު މަޢުލޫމާތުތައް ހޯދުމާއި، ޕްރޮޖެކްޓް ހިންގުމަށް ބޭނުންވާ ތަކެތި ހޯދުމަށްޓަކައި ފައިނޭންސް ޔުނިޓާ ގުޅިގެން މަސައްކަތްކުރުން.
  3. ޕްރޮޖެކްޓްތަކާބެހޭ ޢާންމު މަޢުލޫމާތުތައް ރައްޔިތުންނަށް ހާމަކުރުން.
  4. ޕްރޮޖެކްޓްތައް ހިންގުމަށްޓަކައި ހަދަންޖެހޭ އެގްރީމެންޓްތަކާއި، އެކަމާ ގުޅިގެން ތައްޔާރުކުރަންޖެހޭ ޑޮކިޔުމެންޓްތައް ތައްޔާރުކުރުން.

މީހުން ހޮވުމުގައި

ބަލާނެ ކަންތައްތައް:

- ލިބިފައިވާ ތަޢުލީމާއި ތަމްރީނު.

- ވަޒީފާއާ ގުޅޭ ދާއިރާއިން ހޯދާފައިވާ ތަމްރީން.

- ވަޒީފާގެ ދާއިރާގައި މަސައްކަތުގެ މަޢުލޫމާތު ލިބިފައިވާ މިންވަރު.

- މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު.

އިންޓަވިއުކުރުމާއި،  އިމްތިޙާންކުރުން:

ތަނާއި މުއްދަތު ނުވަތަ ތާރީޚު ކަނޑައެޅި ހަމަޖެހުމުން، މަދުވެގެން ރަސްމީ 5 ދުވަހުގެ ކުރިން މި މަޤާމަށް އެދުނު ފަރާތްތަކަށް އެންގޭނެއެވެ.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސިވިލްސަރވިސްގެ ވަޒިފާއަށް އެދޭ ފޯމް (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި އިދާރާއިން ލިބެން ހުންނާނެއެވެ.)
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފުކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަނުން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ)
  • ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސުޕަވައިޒަރަކު، އެފަރާތުގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީވީ)

ސުންގަޑި

2015 އޮގަސްޓު 20 ވާ ބުރާސްފަތި ދުވަހުގެ 14.00 ގެ ކުރިން  މި އިދާރާއަށް.

އިތުރު މަޢުލޫމާތު

- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6800705 ނަންބަރު ފޯނާއެވެ. 

25 ޝައްޥާލް 1436

10 އޮގަސްޓް 2015
ހޯދާ