މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ޑޮމެސްޓިކް ޓޫރިޒަމް ސާރވޭ

ޑޮމެސްޓިކް ޓޫރިޒަމް ސާރވޭ

ރާއްޖޭގައި ދިވެހިން އެއްރަށުން އަނެއްރަށަށް ދަތުރުފަތުރުކޮށްއުޅޭ މިންވަރު ދެނެގަތުމަށް މި މިނިސްޓްރީން ކުރަން ހަމަޖެހިފައިވާ " ޑޮމެސްޓިކް ޓޫރިޒަމް ސާރވޭ" ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. 

މިސާރވޭއަކީ ދިވެހިން ފަތުރުވެރިކަމުގައި ހިއްސާވާ މިންވަރާއި، ދަތުރުފަތުރުކޮށްއުޅޭ ސަބަބާއި ތަންތަން އަދި ގެސްޓްހައުސް ޓޫރިޒަމް ތަޢާރުފު ވުމާއެކު ދިވެހިން ދަތުރުކުރާ މިންވަރަށް އައި ބަދަލު ދެނެގަތުމަށް ވަކި މުއްދަތަކަށް ރޭވިގެން ކުރުމަށް ހަމަޖެހިފައިވާ ސާރވޭއެކެވެ. މިސާރވޭގެ 'ޓީ.އޯ.އާރް' މިމިނިސްޓްރީގެ ވެބްސައިޓް www.tourism.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 23 އޮގަސްޓު 2015 ވާ އާދީއްތަ ދުވަހުގެ 14:00 އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 31 އޮގަސްޓު 2015 ހޯމަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

25 ޝައްވާލް 1436

10 އޮގަސްޓް 2015
ހޯދާ