ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މަރުކަޒުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހުންނެވެ.

މަޤާމް

އެސިސްޓެންޓް އެކައުންޓްސް އޮފިސަރ

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލްއޮފިސަރ ގްރޭޑް 2

ރޭންކް: GS4

މުސާރަ

މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ޑިވިޜަން/ ސެކްޝަން

 

ވަޒީފާ އަދާކުރަންޖެހޭ ތަން

ގައްދޫ ޞިއްޙީ މަރުކަޒު / ގދ. ގައްދޫ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ބަޖެޓާއި، ބަޖެޓާ ނުބެހޭ ފައިސާއިން ކުރަންޖެހޭ ޚަރަދުތަކުގެ އެންމެހައި މަސައްކަތްތައް ކުރުން.
  2. އާމްދަނީ ފައިސާއާބެހޭ އެންމެހައި ކަންތައްތައް، މާލިއްޔަތު ޤަވާޢިދާ އެއްގޮތަށް ބެލެހެއްޓުން.
  3. ތިޖޫރީގެ ހިސާބު ބެލެހެއްޓުން.
  4. ކޮންމެ މަހެއްގެ މުސާރަޝީޓް ހަދައި، މުވައްޒަފުންނަށް މުސާރަ ދިނުމަށް ދަތިނުވާނެހެން ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް ފޮނުވުން.
  5. ނީލަންކިޔަންޖެހޭ ތަކެތި ގަވާއިދުން ނީލަން ކިޔުމާއި، އެކަމާބެހޭ ލިޔުންތައް ރަނގަޅަށް ބެލެހެއްޓުން.
  6. އަމިއްލަ ފަރާތްތަކުން މަރުކަޒަށް ހުށަހަޅާ ބިލްތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވައިގެން، ސަރުކާރުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ފައިސާ ހޯދައި، ބިލްތަކަށް ފައިސާ ދެއްކުން.

 

 

 

ތަޢުލީމާއި ތަޖުރިބާ

1. އެޕްލައިޑް އެކައުންޓިންގ، ފައިނޭންސް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ބިޒްނަސް، އޭ.ސީ.ސީ.އޭ، ހެލްތު ފައިނޭންސް، އިކޮނޮމިސްޓް، މެތަމެޓިކްސް، ސްޓެޓިސްޓިކްސް، އެކައުންޓިންގ ޓެކްނީޝަން (ސީއޭޓީ) ގެ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛

2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު އެޕްލައިޑް އެކައުންޓިންގ، ފައިނޭންސް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ބިޒްނަސް، އޭ.ސީ.ސީ.އޭ، ހެލްތު ފައިނޭންސް، އިކޮނޮމިސްޓް، މެތަމެޓިކްސް، ސްޓެޓިސްޓިކްސް، އެކައުންޓިންގ ޓެކްނީޝަން (ސީއޭޓީ) މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމް

އެސިސްޓެންޓް ޕަބްލިކް ރިލޭޝަން އޮފިސަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ރޭންކް: GS3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ޑިވިޜަން/ ސެކްޝަން

 

ވަޒީފާ އަދާކުރަންޖެހޭ ތަން

ގައްދޫ ޞިއްޙީ މަރުކަޒު / ގދ. ގައްދޫ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ހޮސްޕިޓަލަށް ޒިޔާރަތްކުރާ މެހެމާނުން ރިސީވްކުރުން.
  2. ޑޮކްޓަރަށް ދައްކަން އަންނަ ބަލިމީހުން ބޭނުންވާ މައުލޫމާތު އޮޅުންފިލުވައިދިނުމާއި، ބަލިމީހުން ފަރުވާ ލިބިގަތުމުގައި އެހީތެރިވުމާއި، މަގުދައްކައިދިނުން.
  3.  އިމަރޖެންސީގައި ރިފަރކުރާ ބަލިމީހުން ރިފަރކުރުމުގެ އެންމެހައި މަސައްކަތްތައް ކުރުން.
  4.  ރިސެޕްޝަން އޭރިޔާއާއި، އޯޕީޑީ އޭރިޔާގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކޮށް، ޑިއުޓީ ރޯސްޓަރ ހެދުން.

 

 

ތަޢުލީމާއި ތަޖުރިބާ

1. ޖާރނަލިޒަމް، ޕަބްލިކް ރިލޭޝަން، ފޮރިން ރިލޭޝަން، އިންފޮމޭޝަން މެނޭޖްމަންޓް، މާކެޓިންގ މެނޭޖްމެންޓް، ބިޒްނަސް މެނޭޖްމެންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ޖާރނަލިޒަމް، ޕަބްލިކް ރިލޭޝަން، ފޮރިން ރިލޭޝަން، އިންފޮމޭޝަން މެނޭޖްމަންޓް، މާކެޓިންގ މެނޭޖްމެންޓް، ބިޒްނަސް މެނޭޖްމެންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ޢިނާޔަތްތައް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ރިސްކް އެލަވަންސް.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމު، މި މަރުކަޒުގެ ކައުންޓަރުން ލިބެންހުންނާނެއެވެ.
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށޤޓަކައި، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  6. ވަޒީފާއަށް  އެދޭ  ފަރާތުގެ  ވަނަވަރު  (ވަޒީފާއަށް  އެދޭ  ފޯމާއެކު  އެޓޭޗްކުރެވިފައިވާ  ނަމޫނާއާ  އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

2015 އޮގަސްޓު 24 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން، ގައްދޫ ޞިއްޙީ މަރުކަޒަށް.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން

2015 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގައި، ގައްދޫ ޞިއްޙީ މަރުކަޒުގައި.

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

- މަޢުލޫމާތު ސާފުކުރަން ގުޅާނެ ފޯނު ނަންބަރަކީ 7867531 އެވެ.

- ވަޒީފާއަށް އެދޭ ފޯމް، ރަސްމީ ގަޑީގައި، މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

25 ޝައްޥާލް 1436

10 އޮގަސްޓް 2015
ހޯދާ