މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކޯލްޑްރޫމްތައް ސަރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

ރޯޝަނީ ބިލްޑިންގ އާއި ހެލްތް ސަޕްލައިޒް ހިނގަމުންދާ ޢިމާރާތާއި މޯލްޑިވިއަން ބްލަޑް ސަރވިސަސް ހިނގަމުންދާ ޢިމާރާތާއި ދަމަނަވެށީގައި ހަރުކޮށްފައިވާ އެއަރކޮންޑިޝަންތަކާއި ބެހެއްޓިފައިވާ ރެފްރިޖަރޭޓަރތަކާއި ބެހެއްޓިފައިވާ ކޯލްޑްރޫމްތައް 01 އަހަރުދުވަހުގެ މުއްދަތަށް ސަރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީގެ ނަންބަރު IUL)23-AP/1/2015/163)ފ(14 ޖުލައި 2015) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގެންފައިނުވާތީ، އެ އިޢުލާން ބާޠިލު ކުރުމަށްފަހު ރޯޝަނީ ބިލްޑިންގ އާއި ހެލްތް ސަޕްލައިޒް ހިނގަމުންދާ ޢިމާރާތާއި މޯލްޑިވިއަން ބްލަޑް ސަރވިސަސް ހިނގަމުންދާ ޢިމާރާތާއި ދަމަނަވެށީގައި ހަރުކޮށްފައިވާ އެއަރކޮންޑިޝަންތަކާއި ބެހެއްޓިފައިވާ ރެފްރިޖަރޭޓަރތަކާއި ބެހެއްޓިފައިވާ ކޯލްޑްރޫމްތައް 01 އަހަރުދުވަހުގެ މުއްދަތަށް ސަރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 20 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ 11:00އަށް މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 24 އޮގަސްޓު 2015 ވާ ހޯމަދުވަހުގެ 13:00އަށް މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު)އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

26 ޝައްވާލް 1436

11 އޮގަސްޓް 2015
ހޯދާ