ދަރުމަވަންތަ ސްކޫލް
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޓެކްނީޝަން

އިޢުލާން

މުވައްޒަފުން ބޭނުންވާ މަޤާމް:

މަޤާމް:

ކޮމްޕިއުޓަރ ޓެކްނީޝަން

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ (1 އަހަރު ދުވަސް)

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ 2

މަޤާމުގެ ރޭންކް:

ޖީ. އެސް. 4

އޮފީސް:

ދަރުމަވަންތަ ސްކޫލް (އޮފީސް)

މުސާރަ:

މަހަކު -/5،020 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1،500 ރުފިޔާ

މަޤާމުގެ ޝަރުޠު:

 

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

- ސާނަވީ  އިމްތިޙާނަކުން  2  މާއްދާއިން  ދަށްވެގެން  'ޑީ'  ގްރޭޑް  ލިބިފައި،  އޭގެ  އިތުރުން،  ސެކެންޑަރީ ސްކޫލް  ސެޓްފިކެޓް  އިމްތިޙާނުގައި  'ދިވެހި'  މި  މާއްދާއިން  ދަށްވެގެން  'ސީ'  ގްރޭޑް  ލިބިފައިވުމާއެކު، މަޤާމުގެ  މަސައްކަތުގެ  ދާއިރާއެއްގައި  2  އަހަރު  ދުވަހުގެ  މަސައްކަތުގެ  ތަޖުރިބާ  ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

 

- ސްކޫލުގެ ޚަބަރުތައް ވެބްސައިޓުގައި އަޕްލޯޑްކުރުމުގައި މީޑިއާ ސެކްޝަނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

- ސްކޫލުގެ ވެބްސައިޓް ޑިވެލޮޕްކޮށް މެއިންޓެއިން ކުރުން.

- ޑޭޓާބޭސް އާއި އިންޓްރަރނެޓް ޑިވެލޮޕްކޮށް މެއިންޓެއިންކުރުން.

- ކޮމްޕިއުޓަރ ޕްރޮގްރާމްކޮށް މެއިންޓެއިންކުރުން.

- ސޮފްޓްވެއަރ މެއިންޓެއިންކުރުން.

- ސްކޫލުގެ ކޮމްޕިއުޓަރުތަކާއި، އެއާ ގުޅޭ އެންމެހައި ތަކެތި މަރާމާތުކޮށް ބެލެހެއްޓުން. 

- ސްކޫލުގައި ކުރާ މުހިންމު މަސައްކަތްތަކުގައި އައި.ޓީއާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

އިތުރު ޢިނާޔަތްތައް:

އިތުރުގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

-  ފުރިހަމަކޮށްފައިވާ   ސިވިލް   ސަރވިސްގެ   ވަޒީފާއަށް   އެދޭ   ފޯމު (ސިވިލް  ސަރވިސްގެ  ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

- ތަޢުލީމީ ސެޓުފިކެޓްތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން އެޓެސްޓްކުރެވިފައިވާ ކޮޕީގެ އަސްލު)

- މުއްދަތު ހަމަނުވާ  އައި.ޑީ. ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން އެޓެސްޓް ކުރެވިފައިވާ ކޮޕީގެ އަސްލު)

- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހެއްގެ ތައްގަނޑު ޖަހާފައިވާ އަސްލު)

- ސިވިލް ސަރވިސްގެ ވަޒީފާއެއްގައި އުޅޭނަމަ، އެ ވަޒީފާއިން މި ސްކޫލުގެ ވަޒީފާއަށް ބަދަލުވުމާމެދު، އެ އޮފީހުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުން:

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރުބާއަށް ބެލުމަށްފަހު.

- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

އިންޓަވިއުކުރުން:  

- މި  މަޤާމަށް  މީހުން  ހޮވުމަށް   ބޭއްވޭ  އިންޓަވިއު  އޮންނާނެ  ތާރީޚާއި  ގަޑި،  އިޢުލާނަށް  މުއްދަތު ހަމަވާތާ  މަސައްކަތު  7  ދުވަހުގެ  ތެރޭގައި  އެންގޭނެއެވެ. 

- މި މަޤާމަށް އިންޓަވިއުކުރެވޭނީ، މަޤާމުގެ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ސޯޓް ލިސްޓު ކުރެވޭ ފަރާތްތަކާއެވެ.

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 އޮގަސްޓު 18 ގެ 14:30 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމާއެކު ދަރުމަވަންތަ ސްކޫލުގެ އޮފީހަށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ.

ނޯޓް:

- މި އިޢުލާނުގެ ކޮޕީއެއް، ސްކޫލުގެ ނޯޓިސްބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ.

- ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ، 3324495 ނަންބަރު ފޯނާއެވެ.

24 ޝައްޥާލް 1436

09 އޮގަސްޓް 2015
ހޯދާ