ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރިސެޕްޝަނެއް ޤާއިމު ކުރުމާއި، އެހެނިހެން މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ހޯދުން:

މި އިދާރާގެ އުތުރު ފެންޑާގައި ރިސެޕްޝަނެއް ޤާއިމު ކުރުމާއެކު އެހެނިހެން މަރާމާތުތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: IUL)418-AS/418/2015/37)ފ(6 ޖުލައި 2015) އިޢުލާނާ ގުޅިގެން ހުށަހެޅުނު އަންދާސީހިސާބުތަކުގެ އަގުގެ ތެރޭގައި ހިމެނޭ ރިސެޕްޝަނެއް ޤާއިމު ކުރުމަށް ހުށަހަޅުއްވާފައިވާ އަގު މާބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން މި އިދާރައިގެ އުތުރު ފެންޑާގައި ރިސެޕްޝަނެއް ޤާއިމުކުރުމާއެކު އެހެނިހެން މަރާމާތުތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރީމެވެ.

ވީމާ، މި މަރާމާތުތައް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ދިނުމާއި އަންދާސީހިސާބު ބަލައިގަތުން ތިރީގައި މިދަންނަވާ ގަޑިތަކުގައި މި އިދާރާގައި އޮންނާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. އަންދާސީހިސާބު ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި "ނަޑެއްލާ ކައުންސިލްގެ އިދާރާ މަރާމާތު ކުރުމަށް" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

  1. މަޢުލޫމާތު ސާފުކޮށްދިނުން: 17 އޮގަސްޓު 2015 ވާ ހޯމަ ދުވަހުގެ 11:00 ގައި.
  2. އަންދާސީހިސާބު ބަލައިގަތުން: 23 އޮގަސްޓު 2015 ވާ އާދީއްތަ ދުވަހުގެ 11:00 ގައި.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

28 ޝައްވާލު 1436

13 އޮގަސްޓް 2015
ހޯދާ