މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ވަގުތީ މުވައްޒަފުން ހޯދުމަށް

އިޢުލާން

ކޮންޓްރެކްޓްކޮށް މަސައްކަތްކޮށްދޭނެ މުވައްޒަފުން ބޭނުންވެއްޖެ.

މި  މިނިސްޓްރީގެ  ދަސްވާރު  ޕްރޮގްރާމުގެ  މަސައްކަތްތައް  3  މަސްދުވަހުގެ  މުއްދަތަށް  ކޮށްދޭނެ،  ތިރީގައިމިވާ  ޝަރުޠުތައް  ފުރިހަމަވާ  3  މީހުން  ބޭނުންވެއްޖެއެވެ.  މި  މަސައްކަތް  ކުރާ  ކޮންމެ  ދުވަހަކަށް  (ކޮންމެ 7 ގަޑިއެއްގެއިރަށް) -/296  ރުފިޔާގެ  އުޖޫރައެއް  ދެވޭނެއެވެ.  އަދި  އިތުރުގަޑީގައި  މަސައްކަތްކުރަން  ޖެހިއްޖެނަމަ،  ހަމަޖެހިފައިވާ  އުސޫލުން،  އިތުރުގަޑީގެ  މަސައްކަތަށް  ފައިސާ  ލިބޭނެއެވެ.  އާންމުގޮތެއްގައި  މަސައްކަތްކުރަން  ހަމަޖެހިފައިވަނީ  ރަސްމީ  ގަޑިކަމުގައިވާ  ހެނދުނު  08:00 ން  މެންދުރުފަހު  15:00 އަށެވެ.

މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠު:                                           

- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، ހަޔަރ ސެކަންޑްރީ ސެޓްފިކެޓްގެ 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީގެ މައިކްރޮސޮފްޓް އޮފީސް ޕެކޭޖް ނުވަތަ ގުޅުންހުރި ދާއިރާއެއްގެ ސެޓްފިކެޓް ލިބިފައިވުން.

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ، 24 އޮގަސްޓު 2015 އާއި 31 އޮގަސްޓު 2015 އާ ދެމެދުގެ ތާރީޚެއްގައި ވެލާނާގޭގެ 8 ވަނަ ފަންގިފިލާގައެވެ.

ށ. އިންޓަރވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި: 

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 އޮގަސްޓު 20 ވަނަ ދުވަހުގެ 13:30 ގެ ކުރިން  އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި، ވަޒީފާގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީއާއެކު، ލިޔުމަކުން ހުށަހެޅުން އެދެމެވެ.

ނޯޓް:  

- މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

-  ފަރުވާބަހައްޓައިގެން މަސައްކަތްތައް ކުރާނަމަ، ކޮންޓްރެކްޓް މުއްދަތު އިތުރުކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މިނިސްޓްރީގެ 3341422 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

24 ޝައްޥާލް 1436

09 އޮގަސްޓް 2015
ހޯދާ