މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ދަމަނަވެށީގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހުންނެވެ.

މަޤާމް

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

2 (ދޭއް)

މަޤާމުގެ ކްލެސިފިކޭޝަން:  އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް: GS 3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

އޮފީސް

ދަމަނަވެށި

ޑިވިޜަން / ސެކްޝަން

ކޯޕަރޭޓް ސަރވިސަސް

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

- ދަމަނަ ވެށި މަރުކަޒުގެ ހިންގުމަށް ބޭނުންވާ ތަކެތި، މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ހޯދުން.

- ފައިސާގެ މުޢާމަލާތްތަކާބެހޭ އެންމެހައި ކަންތައްތައް ސަރުކާރާއި މިނިސްޓްރީގެ މާލިއްޔަތާބެހޭ ޤަވާއިދާއި އުސޫލުތަކާ އެއްގޮތަށް ކުރިއަށްގެންދިއުން.

- ތަންތަނުންދޭ ޚިދުމަތްތަކާ ގުޅިގެން މިނިސްޓްރީއާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީއާއި އެހެނިހެން މުއައްސަސާތަކަށް ފޮނުވަންޖެހޭ ލިޔުންތަކުގެ ތެރެއިން އިދާރީ ރިޕޯޓްތައް ތައްޔާރުކުރުމާއި، ހުރިހާ ރިޕޯޓްތައް ފޮނުވަންޖެހޭ ތަންތަނަށް ޤަވާއިދުން ފޮނުވުން.

- ޚިދުމަތް ދިނުމަށް ބޭނުންވާ ތަކެތި ބަލައިގަތުމާއި، ފޮނުވަންޖެހޭ ތަންތަނަށް ތަކެތި ޤަވާއިދުން ފޮނުވުން.

 

 

 

ތަޢުލީމާއި ތަޖުރިބާ

1. ހިއުމަން  ރިސޯސް  މެނޭޖްމަންޓް / ހެލްތު  ސަރވިސް  މެނޭޖްމަންޓް / މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް / އެމްޕްލޯއިމަންޓް ލޯ / ޕަބްލިކް ރިލޭޝަން / ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް / އިންފޮމޭޝަން ޓެކްނޮލޮޖީ / ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ހިއުމަން ރިސޯސް މެނޭޖްމަންޓް / ހެލްތު ސަރވިސް މެނޭޖްމަންޓް / މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް / އެމްޕްލޯއިމަންޓް ލޯ / ޕަބްލިކް ރިލޭޝަން / ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް / އިންފޮމޭޝަން ޓެކްނޮލޮޖީ / ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމް

ކައުންސެލަރ

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: MS1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

އޮފީސް

ދަމަނަވެށި

ޑިވިޜަން / ސެކްޝަން

ލައިފްސްޓައިލް ޑިސީސަސް

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

- ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމަށް ބޭނުންވާ މީހުންނާއި، ގައިންގަޔަށް ނާރާ ބަލިތަކާ ބެހޭގޮތުން ކައުންސެލިންގ ބޭނުންވާ ފާރާތްތަކަށް ކައުންސެލިންގެ ޚިދުމަތް ފޯރުކޮށްދިނުމާއި، ގުރޫޕް ކައުންސެލިންގ ސެޝަންތައް ރާވައި ހިންގުން.

- ސެކްޝުއަލް ރީޕްރޮޑަކްޓިވް ހެލްތާއި އެޗް.އައި.ވީ ކައުންސެލިން ބޭނުންވާ ފަރާތްތަކަށް އެ ޚިދުމަތް ފޯރުކޮށްދިނުމާއި، ރޭޝަނަލައިޒް ނޮންކޮމިއުނިކަބަލް ޑިސީސްއާބެހޭ ކައުންސެލިންގ ދިނުމުގައި ކްލައިންޓުންގެ ޑައިޓިރީ ޑިސިޕްލިންއާއި ސޯސަލް އެކްޓިވިޓީސްތައް ބެހެއްޓިފައި ހުންނަގޮތުގެ މަޢުލޫމާތުތައް ޓޮބޭކޯ ސިސޭޝަން ކްލިނިކުގައި ރަޖިސްޓްރީކޮށް ބެލެހެއްޓުން.

 

 

ތަޢުލީމާއި ތަޖުރިބާ

  1. ކައުންސެލިން / ސައިކޮލޮޖީ / ސޯޝަލް ސައިންސް / ސޯޝަލް ވޯރކް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކައުންސެލިން / ސައިކޮލޮޖީ / ސޯޝަލް ސައިންސް / ސޯޝަލް ވޯރކުގެ ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ކައުންސެލިން / ސައިކޮލޮޖީ / ސޯޝަލް ސައިންސް / ސޯޝަލް ވޯރކުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  3. ކައުންސެލިން / ސައިކޮލޮޖީ / ސޯޝަލް ސައިންސް / ސޯޝަލް ވޯރކުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ  އޮނިގަނޑުގެ  ލެވެލް  4  ގެ  ސަނަދެއް  ހާސިލުކޮށްފައިވުމާއެކު،  ގުޅުންހުރި  އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ޢިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް، މި މިނިސްޓްރީގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މި މިނިސްޓްރީގެ www.health.gov.mv  ވެބްސައިޓުން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން  އެނގޭފަދަ ކޮޕީއެއް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

2015 އޮގަސްޓު 19 ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތަށް.

 

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2015 ވަނަ އަހަރުގެ އޮގަސްޓުމަހުގެ ފަހުކޮޅުގައި، މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ  ބިލްޑިންގ) ގައި.

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރަން ގުޅާނީ 3014325 ނަންބަރު ފޯނަށެވެ.

19 ޝައްޥާލް 1436

04 އޮގަސްޓް 2015
ހޯދާ