މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ޖީޕީ އިންފޮމޭޝަން ސިސްޓަމުގެ މަސައްކަތްތައް ކުރުމަށްޓަކައި ތިރީގައިމިވާ މަޤާމުތަކަށް މީހުން ބޭނުންވެއެވެ. މި ވަޒީފާތަކަކީ ކޮންޓްރެކްޓް އުޞޫލުން މަސައްކަތްކުރަންޖެހޭ ވަޒީފާއެވެ.

މަޤާމް

ސިސްޓަމް އެޑްމިނިސްޓްރޭޓަރ

މީހުން ބޭނުންވާ އަދަދު

1 (އެކެއް)

ކޮންޓްރެކްޓުގެ މުއްދަތު

2 އަހަރު ދުވަސް

މުސާރަ

-/18000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

 މިނިސްޓްރީ އޮފް ހެލްތު

 

 

ތަޢުލީމާއި ތަޖުރިބާ

1. އައިޓީ ސިސްޓަމް ޑިވެލޮޕްމަންޓް / ކޮމްޕިއުޓަރ ސައިންސް ނުވަތަ އައިޓީއާ ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ހާސިލްކޮފައިވުމާއެކު އެޕްލިކޭޝަން ޑިވެލޮޕްމަންޓުގެ ދާއިރާއަކުން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. އައިޓީ ސިސްޓަމް ޑިވެލޮޕްމަންޓް / ކޮމްޕިއުޓަރ ސައިންސް ނުވަތަ އައިޓީއާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮފައިވުމާއެކު، އެޕްލިކޭޝަން ޑިވެލޮޕްމަންޓުގެ ދާއިރާއަކުން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. 

މީގެ އިތުރުން، މައިކްރޯސޮފްޓް ޑޮޓްނެޓް އެނގޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމް

ސޮފްޓްވެއަރ ޑިވެލޮޕަރ

މީހުން ބޭނުންވާ އަދަދު

2 (ދޭއް)

ކޮންޓްރެކްޓުގެ މުއްދަތު

2 އަހަރު ދުވަސް

މުސާރަ

-/15000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

 މިނިސްޓްރީ އޮފް ހެލްތު

 

ތަޢުލީމާއި ތަޖުރިބާ

1. އައިޓީ ސިސްޓަމް ޑިވެލޮޕްމަންޓް / ކޮމްޕިއުޓަރ ސައިންސް ނުވަތަ އައިޓީއާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރ ޑިގްރީ ހާސިލްކޮފައިވުމާއެކު، އެޕްލިކޭޝަން ޑިވެލޮޕްމަންޓުގެ ދާއިރާއަކުން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. އައިޓީ ސިސްޓަމް ޑިވެލޮޕްމަންޓް / ކޮމްޕިއުޓަރ ސައިންސް ނުވަތަ އައިޓީއާ ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާ ހާސިލްކޮފައިވުމާއެކު، އެޕްލިކޭޝަން ޑިވެލޮޕްމަންޓް ދާއިރާއަކުން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. 

މީގެ އިތުރުން، މައިކްރޯސޮފްޓް ޑޮޓްނެޓް އެނގޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މި މަޤާމަށް މީހުން ހޮވުމުގައި ބެލޭނެ ކަންތައްތައް

  • ސިސްޓަމް މެނޭޖްކުރުމުގެ ހުނަރު ލިބިފައިވުން.
  • ދިވެހިބަހާއި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތްކުރަން އެނގުން.
  • މި މަޤާމުތަކާ ގުޅޭ "ޓާރމްސް އޮފް ރެފަރެންސް" (ޓީ.އޯ.އާރު) ބޭނުންވާ ފަރާތްތަކަށް، މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި [email protected]  އަށް އީމެއިލް ކުރުމުންވެސް ލިބޭގޮތަށް ހަމަޖެހިފައިވެއެވެ.

މަސައްކަތް ކުރަންޖެހޭ ގަޑި

ހެނދުނު 8:00 އިން ހަވީރު 3:00 އަށް

ޢިނާޔަތް

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށް އެދޭ ސިޓީ
  2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ވަނަވަރު (އެކްރެޑިޓްކޮށްފައިވާ ކޮޕީ)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއެކު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ލިބިފައިވާ މަސައްކަތު ތަޖުރިބާގެ ސާބިތުކޮށްދޭ ލިޔުމާއި، ކުރިން ވަޒީފާ އަދާކޮށްފައިވާ ތަނެއްގެ ރެފެރެންސް ލިޔުމުގެ ކޮޕީ.

ސުންގަޑި

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 އޮގަސްޓު 11 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން، މިނިސްޓްރީ އޮފް ހެލްތަށް (ރޯޝަނީ ބިލްޑިންގަށް) ސިޓީ ހުށަހެޅުން އެދެމެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން

2015 ވަނަ އަހަރުގެ އޮގަސްޓުމަހުގައި، މިނިސްޓްރީ އޮފް ހެލްތުގައި.

އިތުރުމަޢުލޫމާތު

މަޢުލޫމާތު ސާފުކުރަން ގުޅާނީ 3014437 ނަންބަރު ފޯނަށެވެ. 

 14 ޝައްޥާލް 1436

30 ޖުލައި 2015
ހޯދާ