މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

 ވަޒީފާގެ ފުރުޞަތު:

މަޤާމް

އައިޓީ އޮފިސަރ

މަޤާމުގެ ރޭންކް

އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރައާއި ޢިނާޔަތްތައް

މުސާރަ: -/7000 ރުފިޔާ އެލަވަންސް: -/2000 ރުފިޔާ 

ވަޒީފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

މާލެ / މިނިސްޓްރީ އޮފް ހެލްތު / މޯލްޑިވްސް ޑިމޮގްރަފިކް އެންޑް ހެލްތު ސާރވޭ  16/2015

ބޭނުންވާ އަދަދު

1 (އެކެއް)

ބޭނުންވާ މުއްދަތު

1 އަހަރާއި 6 މަސްދުވަސް.

މަޤާމުގެ ޝަރުޠު

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިއިވުން. ނުވަތަ؛

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. މޯލްޑިވްސް ޑިމޮގްރަފިކް އެންޑް ހެލްތު ސާރވޭ  16/2015 ގައި ކުރަންޖެހޭ އައި.ޓީ އާގުޅޭ އެންމެހައި ކަންތައްތައް ބެލެހެއްޓުމާއި ދިމާވާ މައްސަލަތައް ޙައްލުކުރުން.
  2. މޯލްޑިވްސް ޑިމޮގްރަފިކް އެންޑް ހެލްތު ސާރވޭ  16/2015 ގައި ބޭނުންކުރާ ހާޑްވެއަރ އާއި ސޮފްޓްވެއަރއަށް ދިމާވާ މައްސަލަތައް ދެނެގަނެ، އެކަންކަން ޙައްލުކުރުން.
  3. ސާރވޭގެ މެއިން ފީލްޑްގެ މަސައްކަތްތަކުގައި  ކޮންމެދުވަހަކު އެއްކުރެވޭ މަޢުލޫމާތުތައް، ސާރވޭގެ މައިއޮފީހާ ސޮފްޓްވެއަރ މެދުވެރިކޮށް ހިއްސާކޮށް، އެ މަޢުލޫމާތުތައް ޞައްޙަތޯ ބެލުން.
  4. ސާރވޭގެ މެއިން ފީލްޑް ތެރޭގައި ދިމާވާ އައި.ޓީ އާ ގުޅުންހުރި މައްސަލަތައް ޙައްލުކުރުމަށްޓަކައި މައްސަލަ ދިމާވާ ރަށްރަށަށް ދަތުރުކުރުން.
  5. ސާރވޭގެ  މަސައްކަތް  ކުރުމަށް  ހަމޖެހިފައިވާ  ސުވާލުދާރުން،  ސާރވޭގައި  ބޭނުންކުރާ  ސޮފްޓްވެއަރއާއި ހާރޑްވެއަރއަށް ތަމްރީނުކޮށް، މަސައްކަތަށް އަހުލުވެރިކުރުވުން.

މަޤާމް

ސީނިއަރ އައިޓީ އޮފިސަރ

މަޤާމުގެ ރޭންކް

އެމް. އެސް. 2

 މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މުސާރައާއި ޢިނާޔަތްތައް

މުސާރަ:-/8000 ރުފިޔާ އެލަވަންސް: -/2000 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

މާލެ / މިނިސްޓްރީ އޮފް ހެލްތު / މޯލްޑިވްސް ޑިމޮގްރަފިކް އެންޑް ހެލްތު ސާރވޭ 16/2015

ބޭނުންވާ އަދަދު

1 (އެކެއް)

ބޭނުންވާ މުއްދަތު

1 އަހަރާއި 6 މަސް ދުވަސް.

މަޤާމުގެ ޝަރުޠު

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިއިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛

4. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. މޯލްޑިވްސް ޑިމޮގްރަފިކް އެންޑް ހެލްތު ސާރވޭ  16/2015 ގައި ކުރަންޖެހޭ އައި.ޓީ އާގުޅޭ އެންމެހައި ކަންތައްތައް ބެލެހެއްޓުމާއި، ދިމާވާ މައްސަލަތައް ޙައްލުކުރުން.
  2. މޯލްޑިވްސް ޑިމޮގްރަފިކް އެންޑް ހެލްތު ސާރވޭ  16/2015 ގައި ބޭނުންކުރާ ހާރޑްވެއަރ އާއި ސޮފްޓްވެއަރއަށް ދިމާވާ މައްސަލަތައް ދެނެގަނެ، އެކަންކަން ޙައްލުކުރުން.
  3. ސާރވޭގެ މެއިން ފީލްޑްގެ މަސައްކަތްތަކުގައި  ކޮންމެދުވަހަކު އެއްކުރެވޭ މަޢުލޫމާތުތައް ސާރވޭގެ މައިއޮފީހާ ސޮފްޓްވެއަރ މެދުވެރިކޮށް ހިއްސާކޮށް، އެ މަޢުލޫމާތު ޞައްޙަތޯބެލުން.
  4. ސާރވޭގެ މެއިން ފީލްޑުގެ ތެރޭގައި ދިމާވާ އައި.ޓީ އާ ގުޅުންހުރި މައްސަލަތައް ޙައްލުކުރުމަށްޓަކައި މައްސަލަ ދިމާވާ ރަށްރަށަށް ދަތުރުކުރުން.
  5. ސާރވޭގެ މަސައްކަތްކުރުމަށް ހަމޖެހިފައިވާ ސުވާލުދާރުން، ސާރވޭގައި ބޭނުންކުރާ ސޮފްޓްވެއަރއާއި ހާރޑްވެއަރއަށް ތަމްރީނުކޮށް، މަސައްކަތަށް އަހުލުވެރިކުރުވުން.

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ސާފުކުރުމަށް މި މިނިސްޓްރީގެ 3014437 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް

  1. ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި މަސައްކަތުގެ ހުނަރަށް ބަލައިގެން.
  3. ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓުގެ ޖުމްލަ އިންސައްތަ 30% އަށްވުރެ މަތިވުން.

ހުށަހަޅަންޖެހޭ ތަކެތި

1. ވަޒީފާއަށް އެދޭ ސިޓީ (މި މިނިސްޓްރީގެ ކައުންޓަރަށް ހުށަހެޅުމަށް)

2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ.

4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ސުންގަޑި

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 އޯގަސްޓު 11 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން، މިނިސްޓްރީ އޮފް ހެލްތަށް (ރޯޝަނީ ބިލްޑިންގަށް) ސިޓީ ހުށަހެޅުން އެދެމެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން

- ވަނަ އަހަރުގެ އޮގަސްޓު މަހުގައި، މިނިސްޓްރީ އޮފް ހެލްތުގައި.

- މި  ވަޒީފާއަށް  އެދިފައިވާ  ޝަރުޠު  ހަމަވާ  ފަރާތްތަކުގެ  އަދަދު  5  އަށްވުރެ   ގިނަނަމަ،  ތަޢުލީމާއި ތަމްރީނަށް ބަލައިގެން 5 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

14 ޝައްޥާލް 1436

30 ޖުލައި 2015
ހޯދާ