ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރު

PSM-GA/ 2015/189

 

ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ދަޢުވަތު

މިކުންފުނީގެ ދިވެހިރާއްޖޭގެ އަޑާއި، ޓީވީމޯލްޑިވްސްގެ ސެކިއުރިޓީ 1 އަހަރުދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި ކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 11 އޮގަސްޓު 2015 ވާ އަންގާރަ ދުވަހުގެ 2:00 އަށް ޕީ.އެސް.އެމް ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 17 އޮގަސްޓު 2015 ވާ ހޯމަ ދުވަހުގެ 2:00 އަށް ޕީއެސްއެމް ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު މިކަމަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހަޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައެއްނުގަނެވޭނެއެވެ.

18 ޝައްވާލް 1436

03 އޮގަސްޓް 2015
ހޯދާ