ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި ހޮސްޕިޓަލުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތައް ޝައުޤުވެރިކަންހުރި، ޤާބިލް މީހުންނެވެ.
| މަޤާމް | ތަރުޖަމާނު | |
| ބޭނުންވާ އަދަދު | 3 (ތިނެއް) | |
| މަޤާމުގެ ކްލެސިފިކޭޝަން | އޮފިސަރ ގްރޭޑް 1 | ރޭންކް: ޖީ. އެސް. 3 | 
| މުސާރަ | މަހަކު -/4465 ރުފިޔާ | |
| ސަރވިސް އެލަވަންސް | މަހަކު -/1500 ރުފިޔާ | |
| ވަޒީފާ އަދާކުރަންޖެހޭ ތަން | ހއ. އަތޮޅު ހޮސްޕިޓަލް، ހއ. ދިއްދޫ | |
| އާންމުގޮތެއްގައި މަސައްކަތްކުރަންޖެހޭ ތަން | ހއ. އަތޮޅު ހޮސްޕިޓަލް | |
| ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް | 1- ކޮންމެ ޑިއުޓީއެއް ފެށުމުގެ ކުރިން ކޮންސަލްޓޭޝަން ރޫމްތަކުގެ އިންވެންޓްރީ ޗެކްކޮށް، މަދުވާ ތަކެތި، ބަލިމީހުން ބަލަންފެށުމުގެ ކުރިން ހަމަކުރުން. 2- ބަލިމީހާ ބުނާއެއްޗެއް އޭގެ އެންމެ ފުރިހަމަގޮތުގައި އިނގިރޭސިބަހުން ޑޮކްޓަރަށް ތަރުޖަމާކޮށްދިނުމާއި، ޑޮކްޓަރ ދެއްވާ ލަފައާއި މަޝްވަރާ އޭގެ އެންމެ ފުރިހަމަގޮތުގައި ބަލިމީހާއަށް ދިވެހިބަހުން ބުނެދިނުން. 3- ބަލިމީހާގެ މަޢުލޫމާތުތައް ރަނގަޅަށް ޗެކްކޮށް ރެޖިސްޓަރކުރުން. 4- ބަލިމީހުންގެ ސިއްރުތައް ހިފެއްޓުމާއި، ޑޮކްޓަރަށް ދައްކަން އަންނަ ބަލިމީހުންނަށް ހަމަހަމަކަމާއެކު ޚިދުމަތްދިނުމަށް މަސައްކަތްކުރުން. 5- ޑިއުޓީތަކަށް މުވައްޒަފުން މަދުވާނަމަ، ހަމަޖެހިފައިވާ އުޞޫލުން ޑިއުޓީތަކަށް ނިކުމެ، ޚިދުމަތް ހޯދާ ފަރާތްތަކަށް ދަތިނުވާނެގޮތަކަށް ޑިއުޓީތަކަށް އެހީތެރިކަން ދިނުން. 6- އާސަންދަ ޕޭޝަންޓުންނަށް ހަމަޖެހިފައިވާ އުސޫލުން ޚިދުމަތްދީ، މަޢުލޫމާތުތައް ޗެކްކުރުން. 7 - ބަލިމީހުން ރިފަރކުރުމަށްޓަކައި އޯ ޕީ ޑީ އިން ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން. | |
| ތަޢުލީމާއި، ތަޖުރިބާ | 1. ހިއުމަންރިސޯސް މެނޭޖްމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް ، އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ: 2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކެންޑަރީ ސުކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. | |
| ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް | 1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން. 2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. 3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން. | |
| ޢިނާޔަތްތައް | ސިވިލް ސަރވިސްގެ މުވައްޒަފުންނަށް، ބަންދު ދުވަހާއި އިތުރުގަޑީގެ ފައިސާ ދިނުމަށް ހަމަޖެހިފައިވާ އުސޫލުން ބަންދު ދުވަހާއި އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. އަދި ހަމަޖެހިފައިވާ އުސޫލުން ރަމަޟާންމަހުގެ ޢިނާޔަތު ފައިސާއާއި ރިސްކް އެލަވަންސް ލިބޭނެއެވެ. | |
| ހުށަހަޅަންޖެހޭ ލިޔުންތައް | 1. ސިވިލް ސަރވިސް ވަޒީފާ އަށް އެދޭ ފޯމް (މި ފޯމް، ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ހޮސްޕިޓަލުގެ ރިސެޕްޝަން ކައުންޓަރުން ވެސް މި ފޯމު ލިބެން ހުންނާނެއެވެ.) 2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) 3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން . 4. މަސައްކަތުގެ ތަޖުރިބާ ދެނަގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. 5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. 6. ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗުކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކުރެވިފައިވާ ސީ ވީ) | |
| ސުންގަޑި | މި މަޤާމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން، 2015 އޮގަސްޓު 18 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމާއި، އެ ފޯމާގުޅޭ ލިޔުންތައް، ހއ. އަތޮޅު ހޮސްޕިޓަލުގެ އިދާރީ އޮފީހަށް ހުށަހަޅުން އެދެމެވެ. | |
| އިންޓަވިއު އޮންނާނެ ތާރީޚާއި ތަން | މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 5 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. | |
| އިތުރު މަޢުލޫމާތު | އިތުރު މަޢުލޫމާތު ސާފުކުރަން ގުޅާނީ 6500053 ނަންބަރު ފޯނަށެވެ. | |
21 ޝައްޥާލް 1436
 
                    