މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހި ރާއްޖެއަށް އެތެރެކޮށް މަރކެޓްކުރާ ބޭބީ ވޯޓަރއާ ގުޅޭ

އިޢުލާން

މި އޮތޯރިޓީން ދިރާސާކޮށް ބެލިބެލުމުން ތަފާތު ބްރޭންޑްތަކުގެ ނަމުގައި ދިވެހިރާއްޖެއަށް އެތެރެކޮށް މާކެޓްކުރާ "ބޭބީ ވޯޓަރ" އަކީ ކުޑަކުދިންނަށް ޚާއްޞަ އުފެއްދުމެއް ނޫން ކަމުގައި ދަންނަވަމެވެ. އަދި ފެނަކީ ކުޑަކުދިންނަށް ވަކި ޚާއްޞަ ޕްރޮޑަކްޓެއްގެ ގޮތުގައި މިންގަނޑު ކަނޑައަޅައި އުފައްދާ އެއްޗެއް ނޫން ކަމުގައި ވެސް ދަންނަވަމެވެ.

ވީމާ، މި އުފެއްދުމުގެ ލޭބަލްގައި "ބޭބީ ވޯޓަރ" ލިޔެ ޅަފަތުގެ ކުދިންގެ ފޮޓޯ ހުރުމަކީ އާންމުންނަށް އޮޅުން އަރާފަދަ މަޢުލޫމާތެއްކަމުން، ކުޑަކުދިންނަށް ޚާއްޞަ އުފެއްދުމެއްގެ ގޮތުގައި މި އުފެއްދުން މާކެޓްކޮށް ވިއްކުމަކީ "މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތް ކުރުމުގެ ޤާނޫނު" ގެ ދަށުން މަނާކަމެކެވެ. ނަމަވެސް، މި ފެން އާންމު ބޯފެނެއްގެ ގޮތުގައި މާކެޓްކުރާނަމަ ފުޅީގެ ލޭބަލް ބަދަލުކުރުމަށްފަހު ވިއްކުން އެންމެ ރަނގަޅު ކަމުގައި ދެންނެވީމެވެ.

14 ޝައްވާލް 1436

30 ޖުލައި 2015
ހޯދާ