ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މިއޮފީހުގެ ތިރީގައި މިދަންނަވާ މަޤާމުތަކަށް މީހުން ބޭނުންވެއްޖެ.          

މަޤާމު: ހެޑް އޮފް މާރކެޓިންގ

އަދަދު:  01    

މުސާރަ: -/18،000 ރުފިޔާ             

ފެންވަރު ނުވަތަ ޝަރުޠު: މާކެޓިންގ ދާއިރާއިން މާސްޓަރސް ހާސިލުކޮށްފައިވުމާއެކު، މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަސައްކަތްކޮށް 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމު: އެސިސްޓެންޓް މާރކެޓިންގ އޮފިސަރ

އަދަދު: 01

މުސާރަ: -/9,000 ރުފިޔާ

ފެންވަރު ނުވަތަ ޝަރުޠު:  މާކެޓިންގ ދާއިރާއިން ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު، މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަސައްކަތްކޮށް 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

  • ކަސްޓަމަރުން ބޭނުންވާ ކަންކަން ދެނެގަތުމުގެ ޤާބިލުކަން ހުރުމާއެކު، ތަފާތު މިޒާޖުގެ މީހުންނާއި މުޢާމަލާތުކުރަން އެނގުން.
  • މުޢާމަލާތުކުރުމުގެ ހުނަރު ހުރުން، އެހެން މީހުންނަށް އެއްޗެތި ހުށަހެޅުމުގެ ޤާބިލުކަން ހުރުން އަދި އެހެންމީހުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރުން.
  • ހަވާލުކުރެވޭ މަސައްކަތްތައް މުސްތަޤިއްލުކަމާއެކު ކުރުމުގެ ޤާބިލުކަން ހުރުން.
  • ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރުން.
  • ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތަކަށްވުން. 
  • ދިމާވާއެކިއެކި ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރުމާއިއެކު ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.

މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދި ހުށަހަޅާ ސިޓީއާއި ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި އައިޑީކާޑުގެ ކޮޕީއާއި ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު އަދި މސައްކަތުގެ ތަޖުރިބާ ދެނެގަތުމުގެ ގޮތުން މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް 13 އޮގަސްޓު 2015 ވަނަ ދުވަހުގެ 14:30 ގެ ކުރިން އެފް.އޭ.އެމް އަށް ހުށަހެޅުއްވުން އެދެމެވެ.

29 ޖުލައި 2015
ހޯދާ