ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަން
ދިވެހިރާއްޖެ
ފަރުނީޗަރު ޖަހައިދޭނެ ފަރާތެއް ހޯދުން

ފަރުނީޗަރު ޖަހައިދޭނެ ފަރާތެއް ހޯދުން

މިކޮމިޝަނަށް ބޭނުންވާ ފަރުނީޗަރު ޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 5 އޮގަސްޓު 2015 ވާ ބުދަ ދުވަހުގެ 11:00 އަށް މިކޮމިޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 11 އޮގަސްޓު 2015 ވާ އަންގާރަ ދުވަހުގެ 10:00 އަށް މިކޮމިޝަނަށް ބިޑް ހުށަހެޅުއްވުން އެދެމެވެ.

މި އަންދާސީހިސާބާ ގުޅިގެން ޕޮއިންޓް ދެވޭނެގޮތް ތިރީގައި މިވަނީއެވެ.

  • އަގު:      %55
  • ތަޖުރިބާ:    %25 (ތަޖުރިބާއަށް މާކްސް ދެވޭނީ 2012 ވަނަ އަހަރުގެ ފަހުން މިފަދަ މަސައްކަތެއް ނިންމާފައިވާކަން އެނގޭ ގޮތަށް ދީފައިވާ ލިޔުންތަކަށެވެ.)
  • މުއްދަތު:    %20 (މުއްދަތު ގުނޭނީ ރަސްމީ ބަންދު ދުވަސްތައްވެސް ހިމަނައިގެންނެވެ.)

ނޯޓް: މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަތުމަށް ހަމަޖެހިފައިނުވާވާހަކަ ދެންނެވީމެވެ.

07 ޝައްވާލު 1436

23 ޖުލައި 2015
ހޯދާ