ހައްދުންމަތީ މާބައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާމު

 
 

ވަޒީފާގެ ފުރުޞަތު

މަޤާމު

އިމާމް

ބޭނުންވާ ޢަދަދު

01 ( އެކެއް)

މަޤާމު އޮތް އޮފީސް

ހައްދުންމަތީ މާބައިދޫ ކައުންސިލުގެ އިދާރާ

ސެކްޝަން

އިކޮނަމިކް ސޯސަލް އެންޑް މުނިސްޕަލް ސަރވިސް ސެކުޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން

ހައްދުންމަތީ މާބައިދޫ ކައުންސިލް އިދާރާ

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތު

  • ކައުންސިލްގެ އިދާރާއިން ހަވާލުކުރާ މިސްކިތެއްގައި ފަރުޟު ފަސްނަމާދު ކޮންމެ ނަމާދު ވަގުތެއްގެ ގަޑި ޖެހުމުގެ 15 މިނިޓް ކުރިން މިސްކިތައް ދުރުވެ މިސްކިތުގެ ކަންތައްތައްބަލާ ރަނގަޅު ކުރަންޖެހޭ ކަންތައްތައް ރަނގަޅުކުރުމާއި ފަރުޟު ފަސްނަމާދުގައި ގަޑި ނުޖެހި ނަމާދު ވަގުތުގައި ބަންގި ގޮވުމާއި، އިމާމްވެ ނަމާދުކުން.
  • ފަރުޟު ފަސް ނަމާދުގައި ނަމާދު ވަގުތަށް މިސްކިތައް ހާޒިރުވެ ކޮންމެ ނަމާދު ވަގުތެއްގައި 1 ގަޑި އިރު މިސްކިތުގެ މަސައްކަތުގައި ހޭދަކުރުން.
  • ކޮންމެ ނަމާދަކަށްފަހު 30 މިނިޓް މިސްކިތުގެ ގޯތިތެރެއާއި،ގޯތީގެވަށާ ފާރުގެ ބޭރު މަގުމަތީގެ ދެބައިކުޅަ އެއްބައި މަސައްކަތު މީހުން ލައްވާ ކުނިކަހާސާފްކުރުވުމާއި ފާޚާނާ އަދި އިސްކުރުބަރި ސާފްކުރުވުން.
  • މިސްކިތުގެ ފަންކާ ތަކާއި، ދޮރާއި ދޮރުފަތްތައް މަސައްކަތު މީހުން ލައްވާ ސާފްކުރުވުން.
  • މިސްކިތައް ލިބޭ ގެއްލުންތަކާއި،ދަތިވާ ކަންކަން ކައުންސިލް އިދާރާ އަށް ހުށަހަޅާ އެކަންކަން ރަނގަޅުކުރުމަށް މަސައްކަތް ކުރުން.
  • މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުން
  • ކޭތަމާދާއި ޢީދު ނަމާދާއި ހުކުރު ނަމާދު އަދި ތަރާވީޙް ނަމާދާއި، ކަށުނަމާދު ކައުންސިލްގެ އިދާރާއިން އަންގައިފި ނަމަ އިމާމުވެ މިސްކިތުގައި ކުރުން.
  • ހަފްތާއަކު 7 ދުވަހު 35 ގަޑި އިރު މިސްކިތުގެ މަސައްކަތް ކުރުން.
  • މިސްކިތު ވަޅުގެ ފެން ހަޑިވިޔަނުދީ ސާފްކޮށް ހުރޭތޯ ބެލެހެއްޓުން.

މަޤާމު

ރޭންކް

ކްލެފިކޭޝާން

ޝަރުޠު

މުސާރަ

ސަރވިސް އެލަވަންސް

މުދިމު

 

ޖީ.އެސް 1

 

އެސިސްޓެންޓް އޮފިސަރ ގްރޭޑް 1


 

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތު ކޮށްދިނުމާއެކު،

  • އިމާމުވެ ނަމާދުކުރަން އެނގޭ މީހެއްތޯ ބެލުމާއި، އަދި އިމާމުވެ ނަމާދު ކުރެވޭވަރަށް ތަޖުވީދު މަގުން ކީރިތި ޤުރުއާން ކިޔަވަން އެނގޭތޯ ބެލުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ދެވޭ ފެންވަރު ބެލުމުގެ އިމްތިޙާނުން ފާސްވެފައިވުން، ނުވަތަ
  • ހުކުރު ކުރުމުގެ ހުއްދަ ލިބިފައިވުން

3565.00

 

1500.00

 

 

އިމާމު

 

ޖީ.އެސް 3

 

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ އޮފިސަރ ގްރޭޑް 1

 

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބތު ކޮށްދިނުމާއެކު،

  • މުދިމްކަމުގެ ސަނަދު ލިބިފައިވުން ނުވަތަ،
  • ހުކުރު ކުރުމުގެ ސަނަދު ލިބިފައިވުން ނުވަތަ،
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުން.

4465.00

1500.00

 

 

އިމާމު

 

 

ޖީ.އެސް 4

 

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ އޮފިސަރ ގްރޭޑް 2

 

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބތު ކޮށްދިނުމާއެކު،

  • އިމާމުގެ މަޤާމުގައި ޖީ.އެސް 3 ރޭންކްގައި މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
  • މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ޤަބޫލުކުރާ ދީނީ މަރުކަޒަކުން މަތި ޘާނަވީ ސެޓްފިކެޓް ލިބިފައިވުން ނުވަތަ،
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުން.

00.5020

1500.00

އެމް.އެސް 1

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

 

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބތު ކޮށްދިނުމާއެކު،

  • އިމާމުގެ މަޤާމުގައި ޖީ.އެސް 4 ރޭންކްގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުން.

5610.00

2000.00

އެމް.އެސް 2

 

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

 

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބތު ކޮށްދިނުމާއެކު،

  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުން.

6295.00

 

2000.00

 

އިސް އިމާމު

 

 

 

 

 

އެމް.އެސް 3

 

 

 

 

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 2

 

 

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތު ކޮށްދިނުމާއެކު،

  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ލިބިފައި ވުމާއެކު، އިމާމް މަޤާމުގައި އެމް.އެސް 2 ރޭންކުގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުން.

7035.00

 

 

 

 

2000.00

 

 

 

އެހެނިހެން އިނާޔަތްތައް:

  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ ސިވިލްސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، ބަންދުދުވަހުގެ ފައިސާ އަދި މަސައްކަތަށް ރަނގަޅު ނަމަ ސިވިލްސަރވިސްގެ މުވައްޒަފުންނާބެހޭ ގަވާއިދުގައިވާ ގޮތުގެމަތިން ވަޒީފާގެ ކުރިއެރުން ދެވޭނެއެވެ. އަދި އަހަރީ ޗުއްޓީގެ ގޮތުގައި ކޮންމެ އަހަރަކު 30 ދުވަހާއި، ޢާއިލީ ޒިންމާ ޗުއްޓީގެ ގޮތުގައި 10 ދުވަސް ލިބޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1 - ތަޢުލީމާއި، ތަމްރީން.

2 - މަސައްކަތުގެ ތަޖުރިބާ.

3 - މަސއްކަތުގެ ހުނަރާއި. ފެންވަރާއި، ޤާބިލުކަމާއި ސިފަތައް

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއުއާއި ޕްރެކްޓިކަލްސް އަދި އިމްތިޙާން ކުރުން އޮންނާނެ ތާރީޚާއި ތަން:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތުގެ 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް ލ. ގަމުކައުންސިލް އިދާރާގެ ކައުންޓަރުންނާއި، ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓް:www.csc.gov.mv  އިން ލިބިވަޑައިގަންނަވާނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. - ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ސެޓްފިކެޓްތައް. (މޯލްޑިވްސް ކޮލިސިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލައި ތައްގަޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް .
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި،
  5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

މަގާމަށް އެދެންވީ ގޮތާއި ސުންގަނޑި:

19 އޮގަސްޓު 2015 ވާބުދަ ދުވަހުގެ 14:00ގެ ކުރިން ހައްދުންމަތީ މާބައިދޫ ކައުންސިލްގެ އިދާރާ އަށް (ހުށަހެޅުއްވުން އެދެމެވެ. )

އިތުރު މަޢުލޫމާތު ހޯދެއްވުމަށް ގުޅުއްވާނީ މިއިދާރާގެ ނަންބަރު: 6800708 ފޯނާއެވެ.

22 ޖުލައި 2015

 

 

 

22 ޖުލައި 2015
ހޯދާ