ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕާބެހޭ

އިޢުލާން

މަތީ ޘާނަވީ އިމްތިޙާނު ނިންމާ ދަރިވަރުންގެ ތެރެއިން 1 ވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް ދެއްވާ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕްގެ ދަށުން ކިޔެވުމުގެ ފުރުޞަތު ލިބިފައިވާ ދަރިވަރުންގެ ތެރެއިން މަތީ ޘާނަވީ އިމްތިޙާނު ނިންމުމަށްފަހު ފަސްޓް ޑިގްރީ ހެދުމަށް ކޯހެއް އިޚުތިޔާރުކުރާއިރު އެ ދަރިވަރަކު ހަދަން ގަސްތުކުރާ ކޯހަކީ އެ ޤައުމެއްގެ މަތީ ތަޢުލީމުގެ ނިޒާމު އޮންނަގޮތުން އަންޑަރ ގްރެޖުއޭޓް ކޯހެއް ހެދުމުގެ މުއްދަތުގައި އަންޑަރ ގްރެޖުއޭޓް ލެވެލް ނިންމުމަށްފަހު ކޯހުގެ ބައެއްގެ ގޮތުގައި މާސްޓަރސް ޑިގްރީ ވެސް ނިންމޭ ކޯހެއްކަމުގައި ވަނީ ނަމަ މިފަދަ ކޯސްތައް ހެދުމަށް މި ޑިޕާޓްމަންޓުން ހުއްދަދެވޭނެ ކަމުގައި ދަންނަވަމެވެ. ނަމަވެސް، މިގޮތަށް ކޯސް ހެދުމަށް ހުއްދަ ދެވޭނީ އެ ދަރިވަރަކު ހަދަން ގަސްތުކުރާ ކޯހަކީ ބެޗްލަރސް ޑިގްރީ ލެވެލަށް ސީދާ ފުރުޞަތު ނުދޭ ކޯހެއް ކަމުގައި ވާނަމައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް އެވޯޑުގެ އުސޫލުގައި ބަޔާންކުރާ ފަދައިން ހަމައެކަނި ކޯހުގެ ބާވަތުން 3 އަހަރަށްވުރެ ދިގު މުއްދަތަށް ކިޔަވަންޖެހޭ (އިންޖިނިއަރިނގ) ފަދަ ކޯހެއް ކަމުގައިވެސް ވާނަމައެވެ.

 
20 ޖުލައި 2015
ހޯދާ