ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ.ކަނޑޫދޫ ޕްރީ-ސްކޫލް ޢިމާރާތްކުރުން

އިޢުލާން

ތ.ކަނޑޫދޫ ޕްރީ-ސްކޫލް ޢިމާރާތްކުރުން

މިއިދާރާއިން ދޭ ކުރެހުމާއި، ބީ.އޯ.ކިޔޫ އާ އެއްގޮތަށް ޕްރީސްކޫލް ޢިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން މި އިދާރާއިން ކުރި ނަންބަރު (IUL)387/387/2015/42 (28 ޖޫން 2015) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 03 އޮގަސްޓު 2015 ވަނަދުވަހުގެ 11.00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 09 އޮގަސްޓު 2015 ވަނަދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މި މަޝްރޫޢުގެ ބިޑް ޑޮކިއުމަންޓް ވިއްކުމަށް ހަމަޖެހިފައިވަނީ 20 ޖުލައި 2015 އިން 02 އޮގަސްޓު 2015 އަށް ރަސްމީގަޑީ މިއިދާރާއިން ނެވެ. ބިޑް ޑޮކިއުމަންޓްގެ އަގަކީ 35.00 ރުފިޔާ އެވެ. ބިޑް ޑޮކިއުމަންޓް ބައްލަވައިނުގަންނަވާ ފަރާތަކަށް އަންދާސީހިސާބު ހުށަނޭޅުއްވޭނެއެވެ.

ޕޮއިންޓްދޭނެ އުސޫލު

މާކްސްދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފްސީލް

ފޯމިއުލާ

އަގު

% 85

  • މަސައްކަތުގެ އަގަށްދޭ މާކްސް
  • މާކްސް ދެވޭނީ އެންމެ ކުޑަ އަގަކީ ބެންޗްމާކް  އަގު ކަމުގައި ބަލައިންގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

(Benchmark Price / Submitted Price) x Allocated Percentage

މުއްދަތު

 % 05
  • ހަވާލުކުރެވޭ މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ މުއްދަތު
  • މާކްސް ދެވޭނީ ޕްރީސްކޫލް އިމާރާތް އަލިއްލަ ތަކެތީގައި ކޮށްދިނުމަށް ހުށަހަޅާ އެންމެ ކުރު މުއްދަތު ހުށަހަޅާ ފަރާތް ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް

މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ މަސައްކަތް ނިންމުމަށް އެންމެ ކުރު މުއްދަތު ހުށަހަޅާ ފަރާތަކަށް

( Submitted years of experience /  Benchmark  years) x Allocated Percentage

ތަޖުރިބާ

 % 10
  • ތަޖުރިބާ ހުރިކަން ބެލުމުގައި ބެލެވޭނީ އިމާރާތް ކުރުމުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށެވެ.
  • މާކްސް ދެވޭނީ މިކައުންސިލްގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ޢިމާރާތް ކުރުމުގެ މަސައްކަތާއި، އެކަމާ ގުޅުންހުރި މަސައްކަތް ކުރުމުގެ ދާއިރާއިން އެންމެ ގިނަ އަހަރު މަސައްކަތްކޮށްފައިވާ ފަރާތް ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެވެ. މި ގޮތުން އެންމެ ގިނަ މާކްސް ލިބޭނީ ޢިމާރާތްކުރުމުގެ މަސައްކަތާއި، އެފަދަ މަސައްކަތާއި ގުޅުންހުރި ދާއިރާގައި އެންމެ ގިނަ އަހަރު ޚިދުމަތް ކޮށްފައިވާ ފަރާތަކަށެވެ.

( Submitted years of experience / Benchmark  years  ) x Allocated Percentage

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

04 ޝައްވާލް 1436

20 ޖުލައި 2015
ހޯދާ