އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ހައުސްކީޕަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ހޮސްޕިޓަލުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމުގެ ނަން:

ހައުސްކީޕަރ

ބޭނުންވާ އަދަދު: 1 (އެކެއް)

ރޭންކް:

އެސް. އެސް. 3

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

މުސާރަ:

-/3875 ރުފިޔާ

ސަރވިސް އެލަވަންސް: -/1000 ރުފިޔާ

ރިސްކް އެލަވަންސް:

-/25 ރުފިޔާ

ޑިވިޜަން/ ސެކްޝަން:

ހައުސްކީޕިން ޑިޕާޓްމަންޓް

މަގާމްގެ ގިންތި:

ދާއިމީ

މަޤާމް އޮތް ތަން:

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް

އިތުރު ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

 

 

 

 

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ހޮސްޕިޓަލުގެ ލިނަންތަކާއި، އާއްމުކޮށް ބޭނުންކުރެވޭ ތަކެތި ބެލެހެއްޓުމާއި، ހޮސްޕިޓަލް އެތެރެއާއި ބޭރުގެ ސާފުތާހިރުކަން ބެލެހެއްޓުން.
  2. ހޮސްޕިޓަލަށް ދަތިނުވާގޮތަށް ލޯންޑްރީގެ ކަންތައްތައް ހަމަޖައްސައި، އެކަމަޑޭޝަންތަކުން ޑޮކްޓަރުންނާއި ނަރުހުން ބަދަލުވާއިރު އެތަންތަނުގެ އިންވެންޓްރީ ޗެކްކޮށް ތަކެތި ހަމަކުރުމާއި، އެތަންތަނުގެ އާބާތުރަފިލުވުމަށް ކަމާބެހޭ ފަރާތްތަކުގައި ދެންނެވުމާއި، ފައިސާގެ ކަންތައްތައް ނިންމުން.
  3. ހޮސްޕިޓަލުގެ އެކަމަޑޭޝަންތަކުގައި ތިއްބަވާ ބޭފުޅުންގެ ރޫމްތަކަށް ޒިޔާރަތްކޮށް، އެތަންތަނުގައި ހައުސްކީޕިންގެ އެއްވެސް މައްސަލައެއް ހުރިތޯ ބައްލަވައި، އެފަދަ މަސައްކަތްތައް ޙައްލުކުރުމަށް މަސައްކަތް ކުރުން.
  4. ހައުސްކީޕިންގައި ކުރުމަށް ހުރި މަސައްކަތްތައް މެނޭޖުމަންޓާ ހިއްސާކޮށް، ކުރެވެންހުރި މަސައްކަތްތައް ކުރުމަށް ދުރާލައި ރާވައި، މަސައްކަތްކުރަމުންދާއިރު މަސައްކަތްތައް ބައްލަވާ މުވައްޒަފުންނަށް ދޭންޖެހޭ އިރުޝާދާއި ލަފާ ދިނުން.
  5. މަސައްކަތްތައް ދާގޮތުގެ އަޕްޑޭޓް އަބަދުވެސް މެނޭޖްމަންޓާ ހިއްސާކުރުން.
  6. ހައުސްކީޕިންގ މަސައްކަތްތަކަށް ގެނެވޭ ތަކެއްޗާއި މަސައްކަތްތަކުން ބާކީވާ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  7. ހޮސްޕިޓަލުގެ އެއްވެސް މުދަލެއް މާލިއްޔަތު ޤަވާއިދުގައިވާގޮތަށް މެނުވީ އެއްވެސް ފަރާތަކަށް ދޫކޮށްގެން ނުވާނެއެވެ.
  8. އެކިބޭނުންތަކަށް ހޮސްޕިޓަލަށް ގެނެވޭ ތަކެތި ބަލައިގަތުމާއި ދޫކުރުމާއި، މި ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  9. ހޮސްޕިޓަލާއި، ހޮސްޕިޓަލުގެ ގޯތިތެރެ ސާފުކޮށް  ބެލެހެއްޓުމާއި، ހޮސްޕިޓަލް ތެރޭގެ ފާޚާނާތަކާއި، ޕަބްލިކް ފާޚާނާތައް ސާފުކުރުމާއި، ފަންކާތަކާއި، ބިއްލޫރިތަކާއި، ގޮނޑިތަކާ،އި ތަޅުންގަނޑު ރަނގަޅަށް ސާފުކުރުން.
  10. ހޮސްޕިޓަލަށް ބޭނުންވާ (ބާލީސް، ބެޑްޝީޓް، ބާލީހުއުރަ، ގައުން) ފަދަ ތަކެތި ހޮސްޕިޓަލަށް ދަތިނުވާގޮތެއްގެމަތިން އެތަކެތި ހޯދައި، ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  11. ސްޕަވައިޒް ދަށުން މަސައްކަތްކުރާ ހުރިހާ މުވައްޒަފުން ކުރަންޖެހޭ މަސައްކަތްތަކާއި، ޓާގެޓްތައް ކަނޑައެޅުމާއި، އެޕްރައިސަލްތައް ހެދުން.
  12. ދިދަ ޖެހުމާއި، ދިދަ ދެމުމާއި، ބެނާތަކާއި، ފޮތިތައް ދެމުމާއި، ބޮކިފަތިތައް ނަގައި ރައްކާކުރުން.
  13. މަސައްކަތާ ގުޅޭ  ދާއިރާއިން ހޮސްޕިޓަލުގައި ކުރަންޖެހޭ ކަންކަމުގައި އިސްކޮށް ހުންނަ މުވައްޒަފަކަށް އެހީތެރިވެދިނުން.
  14. ހޮސްޕިޓަލާއި، އޮފީހުގައި ކުރަން ދިމާވާ އެންމެހައި ކަންތައްތައް ކުރުމުގައި ބައިވެރިވެ އެހީތެރިވުން.
  15. ހޮސްޕިޓަލުގައި ހިފައި ގެންގުޅޭ ތަކެތި (ތަފާތު މަސައްކަތްކުރުމަށް ބޭނުންކުރާ ސާމާނު) ދަބަރު ޖެހިޔަނުދީ ސާފުކުރުވުމާއި، ބެލެހެއްޓުން.
  16. މަސައްކަތަށާއި، ވެރިންނަށް އިޙްލާޞްތެރިވެ، ހަވާލުކުރެވޭ މަސައްކަތްތައް ފުރިހަމައަށް އަދާކުރުން.

  17. ހޮސްޕިޓަލުން އަންގާ އެހެނިހެން މަސައްކަތްތައް ކުރުމާއި، އެހެން މުވައްޒަފުންގެ މަސައްކަތުގައި އެހީތެރިވެދިނުން.

 

ތަޢުލީމާއި، ތަޖުރިބާ:

1. މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، ހައުސްކީޕިންގ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން،  ނުވަތަ

2. ހައުސްކީޕިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަސައްކަތް ކުރަންޖެހޭ ތަން:

އުނގޫފާރު ރީޖަނަލްހޮސްޕިޓަލް

ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ހާސިލްކޮށްފައިވާ ތައުލީމާއި، ތަމްރީނަށް ބަލައިގެން
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖްރިބާ ބަލައިގެން.
  3. ޤާބިލުކަން ކަށަވަރު ކުރުމަށް އިންޓަވިއު ކޮށްގެން
  4. ޖިސްމާނީ އަދި ނަފްސާނީ ޤާބިލްކަން ހުރި މިންވަރު

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް، ޕާސްޕޯޓް ސައިޒުގެ ފޮޓޯއާއެކު (ފޯމް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އޮފީހުން ލިބެންހުންނާނެއެވެ. އަދި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ www.urh.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

ނޯޓް: މަޢުލޫމާތު ފުރިހަމަނުކޮށް ހުށަހަޅާ ފޯމްތައް ބަލައެއް ނުގަނެވޭނެއެވެ.

2. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ ލިޔުން.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރިއެޓްކޮށްފައިވާ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރިއެޓް ކުރެވޭނެކަމަށް ބަޔާންކުރާ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި:

2015 އޮގަސްޓު 6 ވަނަ ދުވަހުގެ 15.00 ގެ ކުރިންނެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަންނާނީ، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އޮފީހުންނެވެ.

 

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

2015 ވަނަ އަހަރުގެ އޮގަސްޓުމަހުގައި މި ހޮސްޕިޓަލްގެ ކޮންފަރެންސް ހޯލުގައި.

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނީ، 6580029 ނަންބަރު ފޯނަށެވެ.

7 ޝައްޥާލް 1436

23 ޖުލައި 2015
ހޯދާ