މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ހައުސްކީޕަރ

ވަޒީފާގެ ފުރުޞަތު

އެއަރޕޯޓްތައް ތަރައްޤީކޮށް ހިންގުމުގައި ރާއްޖޭގައި އެންމެ ޤާބިލު އަދި ތަޖުރިބާހުރި މި ކުންފުނީގެ ވަޒީފާ އަދާކުރާހިތްވާ، ކަމަށް ޤާބިލު އުފެެއްދުންތެރި ހީވާގި އަދި ނަތީޖާ ހާސިލުކުރެވޭނެ ފަރާތްތަކަށް ތިރީގައި ބަޔާންކުރާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު: ހައުސްކީޕަރ

ބޭނުންވާ އަދަދު: 3

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯރޓް (ހުޅުލެ)/ ޓަރމިނަލް ސަރވިސަސް

ޝަރުޠު:

  • ގްރޭޑް 7 ގެ ފެންވަރު ހުރުން ނުވަތަ ދިވެހި ލިޔަންކިޔަން އެނގުމާއެކު ދިވެހިބަހުން ވާހަކަދައްކަން އެނގުން.
  • ޝިފްޓް ޑިއުޓީ އަދާކުރެވޭނެ ފަރާތެއް ކަމުގައިވުން.

އުމުރު: އުމުރުންް 25 އާއި 40 އާ ދެމެދުގެ ފަރާތެއް ކަމުގައިވުން.

މުސާރަ: މަހަކު -/9,000 އާއި -/10,000 ރުފިޔާ އާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ސުޕަވައިޒަރުންގެ އިރުޝާދާ އެއްގޮތަށް ފަތުރުވެރިންނަށް ސާފުތާހިރު، ހިތްފަސޭހަ މާޙައުލެއް ޤާއިމުކޮށްދިނުން.
  • ސުޕަވައިޒަރުންގެ އިރުޝާދާއި އެއްގޮތަށް މެޝިން އަދި ޓޫލްސް ބޭނުންކުރުމާއި، އެތަކެއްޗައް ރައްކާތެރިވުން.
  • ޓަރމިނަލްގައި ބެހެއްޓިފައިވާ އެންމެހައި ފަރުނީޗަރު ސާފުކޮށް ބެލެހެއްޓުން.
  • ސްޓާފުން ޑިއުޓީއަށް މަދުވާ ޙާލަތްތަކުގައި ސުޕަރވައިޒަރަކު އަންގައިފިނަމަ އިތުރުގަޑީގައި ޑިއުޓީ އަދާކުރުން.
  • އިމާރާތުގެ ނުވަތަ ފާހާނާތަކުގެ އެއްވެސް މެއިންޓަނަންސް މައްސަލައެއް ފާހަގަ ކުރެވިއްޖެ ހިނދެއްގައި ސުޕަރވައިޒަރަށް ރިޕޯޓުކުރުން.
  • އެމަރޖެންސީ ހާދިސާ/ ކާރިސާ، މޫސުން ގޯސްވުން ފަދަ ކަންތައްތައް މެދުވެރިވެގެން އުޅޭ ހިނދެއްގައި ދެވޭ އިރުޝާދާއި އެއްގޮތަށް މަސައްކަތްކުރުން.

ކުރިމަތިލުމުގެ ސުންގަޑި: 29 ޖުލައި 2015 ވަނަ ދުވަހުގެ 16:00ގެ ކުރިން.

ވަޒީފާއަށް އެދޭ ސިޓީ އެޑްރެސް ކުރައްވާނީ:

ޖެނަރަލް މެނޭޖަރ، ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެޑްމިނިސްޓްރޭޓިވް ބިލްޑިންގް

ހުޅުލެ ، ދިވެހިރާއްޖެ

އިތުރު މަޢުލޫމާތު: ފޯނު - 3325511    

އެދި މި މަޤާމުތަކަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ލިޔުންތަކުގެ ކޮޕީ ނެތް ފަރާތްތަކުގެ ސިޓީ ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އިންޓަވިއު އަށް ދެންނެވޭނީ މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

28 ރަމަޟާން 1436 ހ

15 ޖުލައި 2015
ހޯދާ