ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޖާގައިގެ ދަތިކަން ޙައްލުކުރުމުގެ ގޮތުން އިދާރާއަށް އިތުރު ކުރެވޭބައި އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

ފަރެސްމާތޮޑާ ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަން ޙައްލުކުރުމުގެ ގޮތުން އިދާރާއަށް އިތުރު ކުރެވޭބައި އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށްފަހު އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައި ނުވާތީ އެ އިޢުލާން ބާޠިލު ކުރުމަށްފަހު އަލުން އިއުލާން ކުރަމެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 ޖުލައި 23 ވަނަ ދުވަހު 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 އޮގަސްޓު 11 ވަނަ ދުވަހު 14:00 އަށް އަންދާސީހިސާބާއެކު ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ. ހުށަހަޅާ އަންދާސީހިސާބު ހުންނަން ވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އިއުލާން ނަންބަރުގެ އިތުރުން ތިރީގައި މިވާ ގޮތަށް އެޑްރެސް ކުރެވިފައި އޮންނަން ވާނެއެވެ.

ގދ.ފަރެސްމާތޮޑާ ކައުންސިލް – އަންދާސީހިސާބު: ގދ.ފަރެސްމާތޮޑާ ކައުންސިލްގެ އޮފީސް އިމާރާތް ބޮޑުކުރުމާ ބެހޭ 2015

ގދ.ފަރެސްމާތޮޑާ، ދިވެހިރާއްޖެ

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯސަލްތަކާއި ގަޑި ޖެހުމަށްފަހު ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.              

28 ރަމަޟާން 1436

15 ޖުލައި 2015
ހޯދާ