ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަރެސް މާތޮޑާ ފުޓްބޯޅަ ދަނޑުގައި ރޮސްޓަމާއި ޗޭންޖިން ރޫމާއި ސިޑިބަރި ހެދުމުގެ މަސައްކަތް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

ފަރެސް މާތޮޑާ ފުޓްބޯޅަ ދަނޑުގައި ރޮސްޓަމާއި ޗޭންޖިން ރޫމްގެ އިތުރުން ސިޑިބަރި ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރި ވެލައްވާ ފަރާތްތަކުން  2015 ޖުލައި 22  ވާ ބުދަ ދުވަހު 13:00 އަށް ފަރެސްމާތޮޑާ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 އޮގަސްޓު 06 ވާ ބުރާސްފަތި ދުވަހު 14:00 އަށް ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން  އެދެމެވެ. އަންދާސީހިސާބު ހުށަހަޅަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި "ފަރެސް މާތޮޑާ ފުޓްބޯޅަދަނޑުގައި ރޮސްޓަމްއާއި ޗޭންޖިންގ ރޫމްގެ އިތުރުން ސިޑިބަރި ހެދުމުގެ މަސައްކަތާ ބެހޭ " މިހެން ލިޔެފައި އޮންނަންވާނެއެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބާ ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.    

28 ރަމަޟާން 1436

15 ޖުލައި 2015
ހޯދާ