މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އިންވެންޓްރީ ސޮފްޓުވެއަރ ހޯދުމަށް ބޭނުންވެއްޖެ

އިޢުލާނު

އިންވެންޓްރީ ސޮފްޓުވެއަރ ހޯދުމަށް ބޭނުންވެއްޖެ

މިނިސްޓްރީއަށް އިންވެންޓްރީ ސޮފްޓުވެއަރއެއް ހޯދުމަށް ކުރި ނަންބަރު:(IUL)22-PU/1/2015/176 ގެ އިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ތިންފަރާތް ހަމަނުވާތީ، އެ އިޢުލާނު ބާތިލު ކުރުމަށްފަހު އަލުން އިޢުލާނު ކުރީމެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 8 ވަނަފަންގިފިލާ) ޕުރޮކިއުމަންޓު ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ   8 ވަނަފަންގިފިލާ) ޕުރޮކިއުމަންޓު ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

22 ޖުލައި 2015 (ބުދަ) ދުވަހުގެ 11:00 އަށް

29 ޖުލައި 2015 (ބުދަ) ދުވަހުގެ11:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341403 ނަންބަރު ފޯނަށެވެ.

27 ރަމަޟާން 1436 

14 ޖުލައި 2015
ހޯދާ