އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް
ދިވެހިރާއްޖެ
މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ


މި އޮފީހަށް ގ.ބިއްލޫރިޖެހިގެ އިން ލިބިފައިވާ އޮފީސް ޖާގައިގައި މި އޮފީހުން ދޭ ކުރެހުމާ އެއްގޮތަށް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

މަޢުލޫމާތު ސާފުކުރެއްވުން:

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 ޖުލައި 23 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10.30 އަށް މި ގ.ބިއްލޫރިޖެހިގެ، މަޖީދީ މަގު (ކުރީގެ ސިޓީ ހޯލު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅުއްވުން:

2015 އޮގަސްޓު 03 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް މި އޮފީހަށް (ގޯޑައުން ބިލްޑިންގ، ހަނދުވަރީ ހިންގުން) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އޮފީސް: އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް

ގޯޑައުން ބިލްޑިންގ
ހަނދުވަރީ ހިނގުން
ފޯން:   3010990
ފެކްސް: 3010959

04 ޝައްވާލް 1436

20 ޖުލައި 2015
ހޯދާ