ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރުން

އިޢުލާނު

2015 ވަނަ އަހަރުގެ ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މި މުބާރާތުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްދިނުން އެދި މި އެކެޑަމީއަށް ހުށަހަޅަމުންދާތީ، ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު 2015 އޮގަސްޓު 5 ވާ ބުދަ ދުވަހުގެ ނިޔަލަށް އިތުރުކުރެވުނުކަން އަންގައި އިޢުލާނު ކުރަމެވެ.

މި މުބާރާތް ފެށުމަށް ހަމަޖެހިފައިވާ ތާރީޚަށްވެސް ވަނީ ބަދަލު ގެނެވިފައެވެ. މި މުބާރާތް ފެށުމަށް މިހާރު ހަމަޖެހިފައިވަނީ 2014 އޮގަސްޓު 10 ވަނަ ދުވަހުއެވެ.

މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ފޯމު ފުރިހަމަކުރުމަށްފަހު ބައިވެރިވާ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސުގެ އަސްލާއެކު އޭގެ ނަކަލު، 2015 އޮގަސްޓު 5 ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން މި އެކެޑަމީއަށް ހުށަހަޅަން ވާނެއެވެ.

މި މުބާރާތުގެ ގަވާއިދާއި ބައިވެރިވާން އެދޭ ފޯމު އަދި މުބާރާތާ ގުޅުންހުރި އެހެނިހެން ލިޔެކިޔުންތައް މި އެކެޑަމީންނާއި މި އެކެޑަމީގެ ވެބްސައިޓް www.dhivehiacademy.edu.mv ން ލިބެން ހުންނާނެއެވެ. އަދި އިތުރު މަޢުލޫމާތު މި އެކެޑަމީގެ ނަންބަރު 3345284 ން ލިބޭނެއެވެ.

28 ރަމަޟާން 1436

15 ޖުލައި 2015
ހޯދާ