ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
އަދަބީ މުބާރާތްތަކަށް އިންސާފުކޮށްދެއްވާނެ ފަނޑިޔާރުންގެ ދަފުތަރަކާއި މުދައްރިސުންގެ ދަފުތަރެއް އެކުލަވައިލަން ބޭނުންވެއެވެ.

އިޢުލާނު

މި އެކެޑަމީގެ އަދަބީ ކަލަންޑަރުގައި ކަނޑައަޅައިފައިވާ ތަފާތު އަދަބީ މުބާރާތްތަކަށް އިންސާފުކޮށްދެއްވާނެ ފަނޑިޔާރުންގެ ދަފުތަރަކާއި ބަހާއި ތާރީޚާއި ޘަޤާފަތާ ގުޅޭގޮތުން ހިންގާ ޕުރޮގުރާމުތަކާއި ކުރުމުއްދަތުގެ ކޯސްތަކުގައި ކިޔަވައިދެއްވާނެ މުދައްރިސުންގެ ދަފުތަރެއް މި އެކެޑަމީން އެކުލަވައިލަން ބޭނުންވެއެވެ.

ވީމާ، ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް އެދޭ ފޯމާއި ވަނަވަރު ހުށަހަޅާނީ 2015 އޮގަސްޓު 5 ވަނަ ދުވަހުގެ 12:00 ގެ ކުރިން މި އެކެޑަމީ (ހ. ސޯސަންގެ) އަށެވެ. ފޯމާއި މަޢުލޫމާތު ކަރުދާސް މި އެކެޑަމީގެ ކައުންޓަރުންނާއި ވެބްސައިޓުން (www.dhivehiacademy.edu.mv) މިހާރު ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ހޯދުމަށް މި އެކެޑަމީގެ ނަންބަރު 3345285 ނުވަތަ 7772816 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

28 ރަމަޟާން 1436

15 ޖުލައި 2015
ހޯދާ