ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ސްކޭނަރ، ޕްރޮޖެކްޓަރ އަދި ކެމެރާ ގަތުމަށް

ސްކޭނަރ، ޕުރޮޖެކްޓަރ އަދި ކެމެރާ ގަތުމަށް ބޭނުންވެއްޖެ

މި ބިއުރޯއަށް ތިރީގައި މި ދަންނަވާ ތަކެތި ގަންނަން ބޭނުން ވެއްޖެއެވެ:

  • ފީޑަރ ސްކޭނަރ
  • ފްލެޓް ބެޑް ސްކޭނަރ
  • ޕުރޮޖެކްޓަރ
  • ޑީ-އެސް .އެލް.އާރ ކެމެރާ

ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 ޖުލައި 21 ވާ އަންގާރަ ދުވަހުގެ 12:00އަށް މި ބިއުރޯ ހިނގަމުންދާ އިމާރާތް، ފިނޭންސް ބިލްޑިންގަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 ޖުލައި 23 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް މި ބިއުރޯއަށް ވަޑައިގެން އަގުހުށަހެޅުންވުން އެދެމެވެ.

މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާންޖެހޭ ދުވަހުގެ، ކަނޑައެޅިފައިވާ ގަޑިއަށް، މި ބިއުރޯއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވާފައިވާ ފަރާތްތަކަށެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ މި ބިއުރޯގެ ނަންބަރު. 3349397، 3349394، 3349489 ފޯނަށް ގުޅުއްވުން އެދެމެވެ.

26 ރަމަޟާން 1436

13 ޖުލައި 2015
ހޯދާ