ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ސޮފްޓްވެއަރ ގަތުމަށް

ސޮފްޓްވެއަރ ގަންނަން ބޭނުންވެއްޖެ

މި ބިއުރޯ އަށް ތިރީގައި މިދަންނަވާ ސޮފްޓްވެއަރ ތައް ގަތުމަށް ބޭނުންވެއްޖެއެވެ.

  • CorelDraw Graphics Suite X7
  • Adobe InDesign CS6
  • Adobe InDesign CC

ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 ޖުލައި 21 ވާ އަންގާރަ ދުވަހުގެ 11:30އަށް މި ބިއުރޯ ހިނގަމުންދާ އިމާރާތް، ފިނޭންސް ބިލްޑިންގަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 ޖުލައި 23 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް މި ބިއުރޯއަށް ވަޑައިގެން އަގުހުށަހެޅުންވުން އެދެމެވެ.

މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާންޖެހޭ ދުވަހުގެ، ކަނޑައެޅިފައިވާ ގަޑިއަށް، މި ބިއުރޯއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވާފައިވާ ފަރާތްތަކަށެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ މި ބިއުރޯގެ ނަންބަރު. 3349397، 3349394، 3349489 ފޯނަށް ގުޅުއްވުން އެދެމެވެ.

26 ރަމަޟާން 1436

13 ޖުލައި 2015
ހޯދާ