އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 އިޢުލާން

ވަޒީފާގެ ފުރުޞަތު:

މިހޮސްޕިޓަލުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހެކެވެ.

މަޤާމުގެ ނަން:

ކޭޝިއަރ

ބޭނުންވާ ޢަދަދު: 02 (ދޭއް)

ރޭންކް:

ޖީ. އެސް 3

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

މުސާރަ:

-/4465 ރުފިޔާ

ސަރވިސް އެލަވަންސް: -/1500 ރުފިޔާ

ރިސްކް އެލަވަންސް:

-/25 ރުފިޔާ

ޑިވިޝަން/ ސެކްޝަން:

ބަޖެޓް ސެކްޝަން

މަޤާމުގެ ގިންތި

ދާއިމީ

މަޤާމް އޮތް ތަން

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް

އިތުރު ޢިނާޔަތްތައް:

- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ހޮސްޕިޓަލާއި، އަތޮޅު ތެރޭގެ ފައިސާގެ މަސައްކަތައް ކުރުން.

ތަޢުލީމާއި، ތަޖުރިބާ:

  1. އެޕްލައިޑް އެކައުންޓިންގ، ފައިނޭންސް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ބިޒްނަސް، (އޭ.ސީ.ސީ.އޭ)، ހެލްތު ފައިނޭންސް، އިކޮނޮމިކްސް، މެތަމެޓިކްސް، ސްޓެޓިސްޓިކްސް، އެކައުންޓިންގ ޓެކްނީޝަން (ސީއޭޓީ) ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު، އެޕްލައިޑް އެކައުންޓިންގ، ފައިނޭންސް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ބިޒްނަސް، (އޭ.ސީ.ސީ.އޭ)، ހެލްތު ފައިނޭންސް، އިކޮނޮމިކްސް، މެތަމެޓިކްސް، ސްޓެޓިސްޓިކްސް، އެކައުންޓިންގ ޓެކްނީޝަން (ސީއޭޓީ)ގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  1. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން  'ޑީ' ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާންގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަސައްކަތް ކުރަންޖެހޭ ތަން:

އުނގޫފާރު ރީޖަނަލްހޮސްޕިޓަލް

މަޤާމުގެ ނަން:

މެއިންޓެނަންސް އޮފިސަރ

ބޭނުންވާ ޢަދަދު: 01 (އެކެއް)

ރޭންކް:

އެމް. އެސް 1

ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ:

-/5610 ރުފިޔާ

ސަރވިސް އެލަވަންސް: -/2000 ރުފިޔާ

ރިސްކް އެލަވަންސް:

-/25 ރުފިޔާ

ޑިވިޝަން/ ސެކްޝަން:

މެއިންޓެނެންސް ސެކްޝަން

މަޤާމުގެ ގިންތި

ދާއިމީ

މަޤާމް އޮތް ތަން

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް

އިތުރު ޢިނާޔަތްތައް:

- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ހޮސްޕިޓަލާއި، އަތޮޅު ތެރޭގެ ޞިއްޙީމަރުކަޒްތަކުގެ މެއިން ޓެނެންސް މަސައްކަތައް ބެލެހެއްޓުން.

ތަޢުލީމާއި، ތަޖުރިބާ:

  1. ރިޕެއަރ އެންޑް މެއިންޓެނަންސް، އިލެކްޓްރޯނިކްސް، މެކޭނިކް، އިންޖިނިއަރިންގ، އިލެކްޓްރިކްސް އެންޑް އިލެކްޓްރޯނިކްސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު،
  2. ރިޕެއަރ އެންޑް މެއިންޓެނަންސް، އިލެކްޓްރޯނިކްސް، މެކޭނިކް، އިންޖިނިއަރިންގ، އިލެކްޓްރިކްސް އެންޑް އިލެކްޓްރޯނިކްސްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު]ގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  3. ރިޕެއަރ އެންޑް މެއިންޓެނަންސް، އިލެކްޓްރޯނިކްސް، މެކޭނިކް، އިންޖިނިއަރިންގ، އިލެކްޓްރިކްސް އެންޑް އިލެކްޓްރޯނިކްސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު،
  4. ރިޕެއަރ އެންޑް މެއިންޓެނަންސް، އިލެކްޓްރޯނިކްސް، މެކޭނިކް، އިންޖިނިއަރިންގ، އިލެކްޓްރިކްސް އެންޑް އިލެކްޓްރޯނިކްސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވަލް 4 ނުވަތ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަސައްކަތް ކުރަންޖެހޭ ތަން:

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް

މަޤާމުގެ ނަން:

ކޮމިއުނިޓީ ހެލްތު އޮފިސަރ

ބޭނުންވާ ޢަދަދު: 01 (އެކެއް)

ރޭންކް:

އެމް. އެސް 1

ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ:

-/5610 ރުފިޔާ

ސަރވިސް އެލަވަންސް: -/2500 ރުފިޔާ

ރިސްކް އެލަވަންސް:

-/100 ރުފިޔާ

ޑިވިޝަން/ ސެކްޝަން:

ޕަބްލިކް ހެލްތު ޔުނިޓް

މަޤާމުގެ ގިންތި

ދާއިމީ

މަޤާމް އޮތް ތަން

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް

އިތުރު ޢިނާޔަތްތައް:

- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ހެލްތު މާސްޓަރ ޕްލޭނާއި އަދި އެހެނިހެން ޤައުމީ ޕްލިސީ ސްޓެރެޓެޖިކް ޕްލޭން ތަކަށް ރިޢާޔަތްކޮށް އެއާ އެއްގޮތްވާ ގޮތުގެ މަތިން ކޮންމެ އަހަރަކުވެސް އެކްޝަން ޕްލޭނެއް ހައްދަވާ އެ ޕްލޭނާއި އެއްގޮތަށް ސްކޫލް ތަކާއި ކައުންސިލް، އެކިއެކި ޖަމްޢިއްޔާތަކާއި ގުޅިގެން ރަށުފެންވަރުގައި އާންމު ޞިއްޙަތު ރައްކާތެރި ކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން.
  2. އާންމު ޞިއްޙަތާއި ގުޅުންހުރި މަސައްކަތްތައް ކުރުމަށް ރަށަށް ޒިޔާރަތްކުރާ ޓީމްތަކަށް ދޭންވާ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށް ދިނުން.
  3. ރަށުގައި ރޯގާއެއް ފެތުރިއްޖެނަމަ އެރޯގާ ކޮންޓްރޯލް ކުރުމާއި ބެހޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އެކަން ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސައްކަތްތައް ވިލަރެސް ކުރުމާއި އެ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް އަންގައި އެ ފަރާތްތަކުގެ މަޝްވަރާއާއި އިރުޝާދުގެ ދަށުން ފިޔަވަޅު އެޅުން.
  4. ޕަބްލިކް ހެލްތުގެ މުވައްޒަފުންގެ މަސައްކަތް ސްޕަވައިޒް ކުރައްވާ ދުވަހުން ދުވަހަށް އެމީހުންގެ މަސައްކަތްތައް ނިންމުމަށް ބާރުއަޅައި އެހީތެރިކަން ފޯރުކޮށް ދިނުން.
  5. ދުވަހުން ދުވަހަށް އަދި މަހުން މަހަށް ފޮނުވަންޖެހޭ ރިޕޯޓުތައް ތައްޔާރުކޮށް ރަށުފެންވަރުގައި ދިރާސާ ކުރުމަށްފަހު ގަވާއިދުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީއަށް ފޮނުވުން. އަދި ޕަބްލިކް ހެލްތުގެ މަސައްކަތްތަކާ ގުޅިފައިވާ ޑޭޓާބޭސްތައް ގަވާޢިދުން އަޕްޑޭޓް ކުރަމުން ގެންދިއުން.
  6. ރަށުފެންވަރުގައި ދިމާވާ ކާރިސާތަކުގައި ޕަބްލިކް ހެލްތު ޔުނިޓުން ޢަމަލުކުރާނެ ގޮތުގެ ޕްލޭން އެކުލަވައިލައި އެއަށް ޢަމަލުކުރުން.
  7. ޤައުމީ އިމިޔުނައިޒޭޝަން ޕްރޮގްރާމްގެ ދަށުން ރަށުފެންވަރުގައި ދޭންޖެހޭ ޚިދުމަތް ގަވާއިދުން ފޯރުކޮށްދެވޭނެ އިންތިޒާމު ރާވައި ހަމަޖެއްސުން.
  8. ނިއުޓްރިޝަންއާބެހޭ ޤައުމީ ޕްރޮގްރާމްގެ ދަށުން ރަށުފެންވަރުގައި ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން.
  9. ގައިންގަޔަށް އަރާ ބަލިތަކާއި، ސޫފާ ސޫފީގެ ޒަރީއާއިން ޖެހޭ ބަލިތައް އަދި ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމުގެ ޤައުމީ ޕްރޮގްރާމްގެ ދަށުން ރަށުފެންވަރުގައި ހިންގަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން.
  10. އުފަންވެނި ޞިއްޙަތުގެ ޤައުމީ ޕްރޮގްރާމްގެ ދަށުން ރަށުފެންވަރުގައި ހިންގަންޖެހޭ ހަރަކާތްތަކާއި ދޭންޖެހޭ ޚިދުމަތް ދިނުމުގައި ލުއިފަސޭހަ ކަމާއެކު ޚިދުމަތް ލިބިގަނެވޭފަދަ ގޮތަކަށް ރާވައި ހިންގުން.
  11. މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެއްޓާ ގުޅުންހުރި ޞިއްޙީ މައްސަލަ ތަކުން ރައްކާތެރިވެ ތިބުމަށް ކުރަންޖެހޭ މަސައްކަތްތައް ރަށުފެންވަރުގައި ރާވައި ހިންގުން.
  12. އެރަށެއްގެ އަދި އެއަތޮޅެއްގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ މެނޭޖްމަންޓާއި ކްލިނިކަލް ދާއިރާއާއި ގުޅިގެން ޕަބްލިކް ހެލްތުގެ މަސައްކަތްތައް ރާވައި ހިންގުން.
  13. އާންމު ޞިއްޙަތާއި ގުޅުންހުރި ޤާނޫނުތައް ރަށުފެންވަރުގައި ތަންފީޛުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރަށު ކައުންސިލާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އަދި އެހެނިހެން ތަންފީޛީ އިދާރާތަކާއި ގުޅިގެން ކުރުން.
  14. އެކިއެކި ޕަބްލިކް ހެލްތު ޕްރޮގްރާމް ތަކުގެ ދަށުން ފޯރުކޮށްދޭންޖެހޭ ބޭހާއި މެޑިކަލް ކޮންސިއުމްބަލްސްގެ ސްޓޮކް ބެލެހެއްޓުމާއި ޤަވާއިދުން އާންމު ރައްޔިތުންނަށް ފޯރުކޮށް ދިނުން.
  15. އާންމު ޞިއްޙަތު ރައްކާތެރި ކުރުމާބެހޭ މަޢުލޫމާތު ރައްޔިތުންނަށް ގާތުން ފޯރުކޮށްދިނުމަށްޓަކައި ހޯމްވިޒްޓްތައް ރާވައި ހިންގުން. ހޯމް ވިޒިޓް ތަކުގެ ތަފްޞީލް ހަމަޖެހިފައިވާ އުސޫލު ތަކުގެ މަތިން ގަވާއިދުން ރިޕޯޓު ކުރުން.
  16. ފާމަސީތައް އަދި ކާބޯތަކެތީގެ މަސައްކަތްކުރާ ހޮޓާ ރެސްޓޯރެންޓް ފަދަ ތަންތަން އަދި ޔޫރަޕިއަން ޔުނިއަން އެކްސްޕޯޓް ކުރުމަށް މަސްބާނާ އޮޑި ދޯނިފަހަރު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ގަވާއިދުތަކާއި، މިންގަނޑުތަކާ އެއްގޮތަށް އިންސްޕެކްޓްކޮށް ކަމާއިބެހޭ ފަރާތްތަކަށް ރިޕޯޓު ކުރުން.
  17. ރަށުގެ ހުރިހާ ގިންތިއެއްގެ ރައްޔިތުންގެ ދުޅަހެޔޮކަން އިތުރު ކުރުމަށްޓަކައި ރަށު އަދި އަތޮޅު ކައުންސިލާއި ސްކޫލް، އެހެނިހެން މުއައްސަސާތަކާ ގުޅިގެން އެކި ޕްރޮގްރާމްތައް ރާވައި ހިންގުން.
  18. މީގެ އިތުރުން ހޮސްޕިޓަލްގެ ވެރިންނާއި އަދި އިސް މުވައްޒަފުން އަންގާ މައަސައްކަތް ކުރުން. (އޮފީހުގެ މަސައްކަތް)

ތަޢުލީމާއި، ތަޖުރިބާ:

ޕްރައިމަރީ ހެލްތު ކެއަރގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ ލެވެލް 6 އަށް ފެތޭ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މޯލްޑިވްސް ބޯޑް އޮފް ހެލްތު ސައިންސަސް ގައި ރަޖިސްޓަރީކޮށްފައިވުން.

މަސައްކަތް ކުރަންޖެހޭ ތަން:

އުނގޫފާރު ރީޖަނަލްހޮސްޕިޓަލް

ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށް ބެލޭނެ ކަންތައްތައް.

  1. ހާސިލުކޮށްފައިވާ ތައުލީމާއި، ތަމްރީނަށް ބަލައިގެން
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލުކަން ކަށަވަރު ކުރުމަށް އިންޓަވިއު ކޮށްގެން
  4. ޖިސްމާނީ އަދި ނަފްސާނީ ޤާބިލްކަން ހުރި މިންވަރު

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ޕާސްޕޯރޓް ސައިޒްގެ ފޮޓޯއާއެކު (ފޯމު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް އޮފީހުންނާއި، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ވެބްސައިޓް www.urh.gov.mv އިން ލިބެންހުންނާނެއެވެ.) މަޢުލޫމާތު ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމުތައް ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ.
  2. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރިއެޓް ކޮށްފައިވާ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރިއެޓް ކުރެވޭނެކަމަށް ބަޔާންކުރާ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއިއެކު އެޓޭޗް ކުރެވިފައިވާ ނަމޫނާއާއި އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

30 ޖުލައި 2015 ވަނަ ދުވަހުގެ 15.00 ގެ ކުރިންނެވެ. ވަޒީފާއަށް އެދި ހުށަހަޅުއްވާ ފޯމުތައް ބަލައިގަންނާނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް އޮފީހުންނެވެ.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

2015 ވަނަ އަހަރުގެ އޮގަސްޓު މަހުގައި މި ހޮސްޕިޓަލްގެ ކޮންފަރެންސް ހޯލްގައެވެ.

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތް ތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަމްބަރަކީ 6580029 އެވެ.

29 ރަމަޟާން 1436      

16 ޖުލައި 2015
ހޯދާ