މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމު:  އެސިސްޓެންޓް އެގްރިކަލްޗަރ އޮފިސަރ             

މުސާރަ

މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް

ޖީ.އެސް: 4

ބޭނުންވާ އަދަދު

 01

ސްޕެޝަލް ޑިއުޓީ އެލަވަންސް

މުސާރައިގެ %35

އޮފީސް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން

ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރ

މަސައްކަތްކުރަންޖެހޭތަން

ހދ.ހަނިމާދޫ/ އެގްރިކަލްޗަރ ސެންޓަރ

މަޤާމުގެ ޝަރުޠު

 

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • ދަންޑުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތްތައް ރާވައި އެމަސައްކަތްތައް ކުރުން.
  • މިނިސްޓްރީން ރާވައިގެން ހިންގާ ދަނޑުވެރިކަމުގެ އެކިއެކި ޕްރޮޖެކްޓްތަކާއި ޕްރޮގްރާމްތަކުގެ މަސައްކަތުގައި އެހީތެރިވެދިނުން އަދި އެޕްރޮޖެކްޓްތައް ހިންގާ ރައްރަށަށް ދަތުރުކޮށް އެހީތެރިވުން.
  • ދަނޑުވެރިކަން ތަރައްޤީކުރުމަށް ކުރެވިދާނެ އެންމެހައި ކަންކަން ހޯދާ ފަހުގެ ޓެކްނޮލޮޖީ ރާއްޖެއަށް ތަޢާރަފުކުރުމާއި އެކަންތައްތައް ތަޖުރިބާ ކުރުމުގެ މަސައްކަތްކުރުން އަދި ކަމުގެ މަޢުލޫމާތު ފެތުރުން.
  • ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރގައި ކުރިއަށްގެންދެވޭ ތަފާތު ރިސާރޗް މަސައްކަތްތައް ރާވައި އެމަސައްކަތްތައް ކުރުން އަދި ކަމާ ގުޅޭ ރިޕޯޓުތައް އެކުލަވާލައި ކަމުގެ މަޢުލޫމާތު ދަނޑުވެރިންނަށް ފޯރުކޮށްދިނުން.
  • ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ކުރިއަށް ގެންދެވޭ އެނިމަލް ހަޒްބެންޑްރީއާއި ގުޅުންހުރި މަސައްކަތްތައް ރާވާ ހިންގުން

ވަޒީފާ އަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ލިބިފައިވާ ތަޢުލީމާއި، ތަމްރީން
  • މަޤާމުގެ މަސައްކަތްތަކުގެ ދާއިރާއިން މަސައްކަތު ތަޖުރިބާ ލިބިފައިވާ މިންވަރު.
  • ސިވިލް ސާރވިސް ގަވާއިދަށް އަހުލުވެރި މިންވަރު.
  • މިމަޤާމަށް މީހުން ހޮވުމުގައި ސައިންސް ސްޓީރިމް ހަދާފައިވާ ކުދިންނަށާއި ދަނޑުވެރިކަމުގެ މައްސައްކަތުގައި އަމަލީގޮތުން ބައިވެރިވެވޭނެކަން ދައްކައިދޭ ކުދިންނަށް އަދި ރާއްޖޭގެ އެކި ރާއްރަށަށް ދަތުކުރެވޭނެ ކުދިންނަށް އިސްކަންދެވޭނެއެވެ.

މަޤާމު:  އެޑްމިނިސްޓްރޭޓިވް އޮފިސަރ

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

ކްލެސިފިކޭޝަން

ސްޕޯރޓްސް ސްޓާފް ގްރޭޑް 1

ރޭންކް

ޖީ.އެސް 3

ބޭނުންވާ އަދަދު

01

ސްޕެޝަލް ޑިއުޓީ އެލަވަންސް

މުސާރައިގެ %35

އޮފީސް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން

ފިޝަރީޒް މެނޭޖްމަންޓް  

މަސައްކަތްކުރަންޖެހޭތަން

ހުޅުލެ

މަޤާމުގެ ޝަރުޠު

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • ކެޗް ސެޓްފިކެޓް ހެދުމަށް ފޮނުވާ ރިކުއެސްޓް އެފޮނުވާ ދުވަހު ހަދާ އެކުންފުނިތަކާއި ޙަވާލުކުރުން.
  • ދަޅުގައި ބަންދުކޮށްގެން ނުވަތަ ގަނޑުކޮށްގެން އެކްސްޕޯރޓްކުރާ ބޮޑެތި ޝިޕްމަންޓްތަކުގެ ކެޗް ސެޓްފިކެޓް ހެދުމުގެ ކުރިން ޕަރޗޭސް ރިޕޯޓުތައް އެންޓަރ ކުރުން.
  • ކޮންމެ ދުވަހަކު ވެސް 12:00 ގެ ކުރިން ވެލިޑޭޝަން ފޯލްޑަރ (ޕަރޗެސް ރިޕޯޓުތައް) އަޕްޑޭޓްކުރުން.
  • ކޮންމެ ދުވަހަކުވެސް ޑިއުޓީ ނިމުމުގެ ކުރިން ކެޗް ސެޓްފިކެޓް ހެއްދުމަށް ކުންފުނިތަކުން ދައްކާފައިވާ ފައިސާގެ ބެލެންސް އަޕްޑޭޓް ކުރުން.

ވަޒީފާ އަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ލިބިފައިވާ ތަޢުލީމާއި، ތަމްރީން
  • މަޤާމުގެ މަސައްކަތްތަކުގެ ދާއިރާއިން މަސައްކަތު ތަޖުރިބާ ލިބިފައިވާ މިންވަރު.
  • ސިވިލް ސާރވިސް ގަވާއިދަށް އަހުލުވެރި މިންވަރު.

ޢިނާޔަތްތައް

ސިވިލް ސަރވިސް ވަޒީފާ އަދާ ކުރާ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން

  • އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ) (ނަމަވެސް ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ ކޯސްތައ ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައް އެކްރިޑިޓްކޮށްފައި ނުވި ނަމަވެސް ސިވިލް ސަރވިސްގެ މަގާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބެލެވޭނެ.)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ (ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ) ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ލިބިފައިވާނަމަ، މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ކަމުގެ ލިޔުން.
  • ސިވލް ސަރވިސް އަށް ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވިއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • މަތީގައިވާ މަޤާމަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓް ލިސްޓު ކުރެވޭ ފަރާތަކަށެވެ.
މަޤާމަށް މީހުން ހޮވުމުގައި ބާއްވާ އިންޓަރވިއު އާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އާއި އިމްތިޙާނު ކުރުން މި މަޤާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއު އާއި ޕްރެސެންޓޭޝަން އަދި ޕްރެކްޓިކަލްސް އާއި، އިމްތިޙާނުކުރުން، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު މަސައްކަތު 15 ދުވަހުގެ ތެރޭގައި މި މިނިސްޓްރީގައި ނުވަތަ މި މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި އޮންނާނެއެވެ.
ސުންގަޑި: މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 22 ޖުލައި 2015 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު: އެޕްލިކޭޝަން ފޯމު ލިބެން ހުންނާނީ މި މިނިސްޓްރީގެ ރިސެޕްޝަނުންނާއި ވެބްސައިޓް www.fishagri.gov.mv އިންނެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339244/ 6520076/ 3339241 އާ ގުޅުއްވުން އެދެމެވެ.

15 ޖުލައި 2015
ހޯދާ