ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ބައެއް ތަކެތި ނީލަމުގައި ވިއްކާލުމަށް

އިޢުލާން

މިކުންފުނީގައި ހުރި މި ދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުން ވެއެވެ.

  • ކޮމްޕިއުޓަރ ސާމާނުތަކެއް (ހަލާކުވެފައި ހުރި)
  • އެއާކޯން ސާމާނުތަކެއް (ހަލާކުފެފައި ހުރި)

މިތަކެތީގެ ނީލަން ފެށޭ އަގަކީ 5,000.00ރ (ފަސް ހާސް ރުފިޔާ) އެވެ. މިތަކެތީގެ ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން 500.00ރ (ފަސް ސަތޭކަ ރުފިޔާ) އެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވެލައްވަން އެދިލައްވާ ފަރާތްތަކުން އެތަކެތި ބައްލަވައި މަޢުލޫމާތު ސާފުކުރުމަށްފަހު ހުށަހަޅުއްވާ އެންމެ މަތީއަގު ބަންދުކޮށް 21 ޖުލައި 2015 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިކުންފުންޏަށް ހާޒިރުވެ ދެއްވުން އެދެމެވެ. އަދި މިތަކެތީގެ ނީލަން ނިމޭތާ 02 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން ފައިސާ ދެއްކުމަށްފަހު ތަކެތި ގެންދަވަން ވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފި ނަމަ ނީލަން ބާޠިލުކޮށް އަލުން އެތަކެތި ނީލަމަށް ލެވޭނެކަމަށާއި އަދި ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި އެފަރާތަށް ބައިވެރި ނުވެވޭނެ ކަމުގައި ދެންނެވީމެވެ.

މިތަކެތި ބައްލަވަން އެދިލައްވާ ފަރާތްތަކުން މިކުންފުނީގެ ނަންބަރު 7774573 ފޯނާ ގުޅުއްވުމުން އެކަން ހަމަޖެހޭނެ ކަމުގައިވެސް ދެންނެވީމެވެ.

28 ރަމަޟާން 1436  

15 ޖުލައި 2015
ހޯދާ