މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ. ގޮއިދޫ ހިނަވާގެ އިމާރާތް ކުރުމުގެ މަޝްރޫޢު

އިޢުލާން

ށ. ގޮއިދޫ ހިނަވާގެ އިމާރާތް ކުރުމުގެ މަޝްރޫއު

2015 ވަނަ އަހަރުގެ ޕީ. އެސް. އައި ޕީ  ބަޖެޓްގައި ހިމަނާފައިވާ މިރަށު ހިނަވާގެ އިމާރާތް ކުރުމުގެ މަޝްރޫޢު އަމިއްލަ ތަކެތީގައި ކޮށްދެއްވަނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިރަށު ހިނަވާގެ އިމާރާތްކުރުމުގެ މަޝްރޫޢު އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 ޖުލައި 2015 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި އިދާރާއަށް (މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ) ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 09 އޮގަސްޓު 2015 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

މިކަމާ ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އިދާރާގެ ނަންބަރު 9606540043+  ފޯނާ ގުޅުއްވުމުން ނުވަތަ މި އިދާރާއަށް ވަޑައިގަތުމުން މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ.

26 ރަމަޟާން 1436

13 ޖުލައި 2015
ހޯދާ