އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ.އޮމަދޫ ހުކުރުމިސްކިތު ގޯތި ތެރޭގައި ވާރޭފެން ނަގައި ރައްކާކުރާނެ ނިޒާމެއް ޤާއިމް ކުރުމަށް

ބީލަން ހުށައެޅުމުގެ ދަޢުވަތު

އދ.އޮމަދޫ ހުކުރުމިސްކިތު ގޯތި ތެރޭގައި ވާރޭފެން ނަގައި ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމަށް ބޭނުންވެއެވެ.

މި މަސައްކަތާ ގުޅޭ ބީލަން ފޮތް ބަންދުނޫން ކޮންމެ ދުވަހަކު 10.30 އިން 13.30 އަށް އދ.އޮމަދޫ ކައުންސިލްގެ އިދާރާއިން ހިލޭ ލިބިވަޑައިގަންނަވާނެއެވެ. މި މަޝްރޫޢުގެ ޕުރީ ބިޑް ބައްދަލުވުން އޮންނާނީ 2015 ޖުލައި 23 ވާ ބުރާސްފަތި ދުވަހުގެ 14.30 ގައި އދ.އޮމަދޫ ކައުންސިލްގެ އިދާރާގައެވެ.

ބިޑް ހުޅުވުން އޮންނާނީ 2015 އޯގަސްޓު 05 ވާ ބުދަ ދުވަހުގެ 14.30 ގައި އދ.އޮމަދޫ ކައުންސިލްގެ އިދާރާގައެވެ. ބީލަންތައް ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ތިރީގައިވާ މަޢުލޫމާތު ލިޔެފައި ހުންނަންވާނެއެވެ.

1- "އދ.އޮމަދޫ ހުކުރު މިސްކިތު ގޯތީގައި ވާރޭފެން ނަގައި ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް"

2- ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަމްބަރު.

3- ބީލަން ހުށަހަޅާ ތާރީޚާއި ވަގުތު.             

26 ރަމަޟާން  1436

13 ޖުލައި 2015
ހޯދާ