މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ސީ.ސީ.ޓީ.ވީ ކެމެރާ އަދި ޑޯލޮކް ސިސްޓަމެއް ގަނެ ހަރުކުރަން

އިޢުލާން 

އަންދާސީހިސާބު ބޭނުންވެއްޖެ

މި މިނިސްޓްރީގައި ސީ.ސީ.ޓީ.ވީ ކެމެރާ އަދި ޑޯލޮކް ސިސްޓަމެއް ގަނެ ހަރުކުރަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 21 ޖުލައި 2015 ވާ އަންގާރަ ދުވަހުގެ 13.30 އަށް މިމިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 30 ޖުލައި 2015 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށެވެ. ( ބޮޑުތަކުރުފާނު މަގު / ކޯސްޓްގާޑް ބިލްޑިންގާ ޖެހިގެން އިރަށް )

މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9970806 / 3333140 އަށް ގުޅުއްވުން އެދެމެވެ.

28 ރަމަޟާން 1436

15 ޖުލައި 2015
ހޯދާ