މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކޮންމެ އަހަރަކު ދުނިޔޭގެ ޞިއްޙަތު ދުވަހުގައި ޞިއްޙީ ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރާ އަމިއްލަ ފަރާތްތަކުގެ އަގުވަޒަންކޮށް ހިއްވަރު ދިނުމަށް ރޭވިފައިވާ އެވޯރޑުތައް:

ޞިއްޙީ ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރާ އަމިއްލަ ފަރާތްތަކާއި އަދި ސަރުކާރުގެ ޞިއްޙީ ޚިދުމަތްދޭ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކުގެ މަސައްކަތްތަކުގެ އަގު ވަޒަންކޮށް ހިތްވަރު ދިނުމުގެގޮތުން 2014 ވަނަ އަހަރުގެ ދުނިޔޭގެ ޞިއްޙަތު ދުވަހުގެ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ހެލްތުން ވަނީ:

1) "އަތޮޅު ތެރޭގައި އެންމެ ރަނގަޅަށް ޚިދުމަތްދެވޭ ހޮސްޕިޓަލަކަށް އަދި ޞިއްޙީ މަރުކަޒަކަށް ދެވޭ އެވޯރޑް"

2) "ފާހަގަ ކޮށްލެވޭފަދަ ޚިދުމަތެއް ޞިއްޙީ ދާޢިރާއަށް ކޮށްދީފައިވާ އަމިއްލަ ފަރާތްތަކަށް ދެވޭ އެވޯރޑު" އަދި

3) "ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން އެންމެ ރަނގަޅަށް މަސައްކަތްކުރާ ހޮސްޕިޓަލަކަށް / ޞިއްޙީ މަރުކަޒަކަށް ދެވޭ އެވޯރޑު" އިޢުލާނު ކޮށްފައެވެ.

މަތީގައި ބަޔާންކޮށްފައިވާ 3 އެވޯރޑަކީ ކޮންމެ އަހަރެއްގެ ޞިއްޙަތު ދުވަހުގައި ޞިއްޙީ ދާޢިރާއަށް ތަފާތު ގޮތްގޮތުން ޚިދުމަތްކޮށްދީފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް ހުށަހެޅޭ އެންމެ އަގުހުރި އެވޯރޑުތަކެއް ކަމުން، މިއެވޯޑަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2015 ވަނައަހަރުގެ ޑިސެންބަރު 31 ވާ ބުރާސްފަތި ދުވަހުގެ 3:00 ގެ ކުރިން ރޯޝަނީ ބިލްޑިންގގެ ރިސެޕްޝަނަށް ފުރިހަމަކޮށްފައިވާ އެޕްލިކޭޝަނާއި އެވޯޑަށް ކަނޑައެޅިފައިވާ ހުރިހާ ލިޔެކިއުންތައް ހުށަހެޅުއްވުމަށް ދެންނެވީމެވެ.

މިއެވޯޑާބެހޭ އިތުރު މަޢުލޫމާތުތައް މި މިނިސްޓްރީގެ ވެބްސައިޓު ކަމުގައިވާ http://www.health.gov.mv/ އިން ލިބިވަޑައިގަންނަވާނެ ވާހަކަވެސް ތިޔަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

އަދި ދަންނަވަމެވެ. މިއެވޯރޑާ ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ޕްލޭނިންގ އެންޑް އިންޓަރނޭޝަނަލް ހެލްތު ޑިވިޜަންގެ ސީނިއަރ ޕްރޮޖެކްޓް އޮފިސަރ އަލްފާޟިލާ މަރިޔަމް ރައުފާ، އޮފީސް ނަންބަރު: 3328887، އެކްސްޓެންޝަން: 148، މޯބައިލް: 7996403 އަށް ގުޅުއްވުމަށް ދެންނެވީމެވެ.

16 ޖުލައި 2015
ހޯދާ