މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މާލޭގެ މަގުތަކުގައި ކާނު ނުވަތަ ގާ ނަގައިގެން ކުރާ މަސައްކަތްތަކާއި، ކޮންސްޓްރަކްޝަން މަސައްކަތްތަކަށް ހުއްދަ ދޫކުރުމާބެހޭ

އިޢުލާނު

މިނިވަން 50 ގެ ޙަރަކާތްތައް މާލޭގެ ގިނަ މަގުތަކެއްގައި 24 ޖުލައި 2015 އިން 28 ޖުލައި 2015 ގެ ނިޔަލަށް ހިންގުމަށް ހަމަޖެހިފައިވާތީ، މިމުއްދަތުގައި މާލޭގެ މަގުތަކުގައި ކާނު ނުވަތަ ގާ ނަގައިގެން ކުރާ މަސައްކަތްތަކާއި، ކޮންސްޓްރަކްޝަން މަސައްކަތްތަކަށް މިމިނިސްޓްރީން ދޫކުރައްވަމުން ގެންދާ ހުއްދަތައް ދޫނުކުރާގޮތަށްވަނީ ހަމަޖައްސާފައެވެ. އަދި މުއްދަތަށްފަހު ކުރިއެކޭވެސް އެއްގޮަތަށް މިފަދަ ހުއްދަތައް ދޫކުރަމުން ގެންދާނެ ވާހަކަވެސް ޢާންމުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.                            

27 ރަމަޟާން 1436

14 ޖުލައި 2015
ހޯދާ