ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ ތިނަދޫ ކެމްޕަސް ސަރަހައްދުގައި ޕާކްކޮށް ގިނަދުވަސް ވެފައިވާ ވެހިކަލްތައް ނެގުމާބެހޭ

މޯލްޑިވްސް ނެޝަނަލް ޔުނވަރސިޓީ ތިނަދޫ ކެމްޕަސް ސަރަޙައްދުގައި ޕާކުކޮށް ގިނަ ދުވަސް ވެފައިވާ ޕިކަޕް، ކާރު، ފޯކްލިފްޓު އަދި ވޭން ފަދަ ވެހިކަލްތައް ނެގުމައްޓަކައި ކައުންސިލުން ފާސްކޮށްފައިވާ އާންމުތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް  ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ގަވާއިދުގެ ދަށުން އެތަކެއްޗަކީ ދޫކޮށްލެވިފައިވާ ތަކެތި ކަމުގައި ކަނޑައަޅައި އެތަކެއްޗާމެދު މި ކައުންސިލަށް ފެންނަ ގޮތަކަށް އަމަލުކުރުމުގެ ޤާނޫނީބާރު މި ކައުންސިލަށް ލިބިގެންވާތީ، މިއަދު  (9 ޖުލައި 2015) އިން ފެށިގެން 22 ޖުލައި 2015 ވާ ބުދަ ދުވަހުގެ ކުރިން ވެހިކަލްގެ ވެރިފަރާތުން  އެސަރަހައްދުން ވެހިކަލް ނެގުމަށާއި، މި މުއްދަތުގައި ވެރިފަރާތުން އެވެހިކަލް ނުނަގައިފިނަމަ ގަވާއިދުގައިވާ ގޮތުގެ މަތިން މިއިދާރާއިން އަމަލު ކުރާނެ ވާހަކަ އަންގައި އިޢުލާން ކުރީމެވެ.

                           22 ރަމަޟާން 1436

09 ޖުލައި 2015
ހޯދާ