މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ޑިރެކްޓަރ، ސްޓްރެޓަޖީ އެންޑް ރިސްކް މެނޭޖްމަންޓް (އީ.އެކްސް 1)

މަޤާމު:

ޑިރެކްޓަރ، ސްޓްރެޓަޖީ އެންޑް ރިސްކް މެނޭޖްމަންޓް (އީ.އެކްސް 1)  

ބޭނުންވާ އަދަދު:

1

މުސާރަ:

/-8835 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2,000 ރުފިޔާ

ކްލެސިފިކޭޝަން:

ޑިރެކްޓަރ

އޮފީސް/ ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ، ކ.މާލެ

ސެކްޝަން:

ރިސޯސް މޮބިލައިޒޭޝަން އެންޑް ޑެޓް މެނޭޖްމަންޓް ޑިވިޜަން/ ސްޓްރެޓަޖީ އެންޑް ރިސްކް މެނޭޖްމަންޓް     

މަޤާމުގެ ޝަރުޠު:

  • އިކޮނޮމިކްސް، ފައިނޭންސް، ސްޓެޓިސްޓިކްސް ނުވަތަ އިކޮނޮމެޓްރިކްސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • އިކޮނޮމިކްސް، ފައިނޭންސް، ސްޓެޓިސްޓިކްސް ނުވަތަ އިކޮނޮމެޓްރިކްސް ގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

އިތުރު ތަފުސީލު

ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައް (އެކްރެޑިޓްކޮށްފައި ނުވި ނަމަވެސް) ސިވިލް ސަރވިސްގެ އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބެލެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ދައުލަތުގެ ދަރަނި ބެލެހެއްޓުމުގެ އޮނިގަނޑަށް ގެންނަން ޖެހޭ ބަދަލުތަށް ދިރާސާކޮށް ދަޢުލަތުގެ މީޑިއަމް ޓަރމް ޑެޓް ސްޓްރެޓެޖީ އެކުލަވާލުމާއި ފާސްކުރުމަށް ހުށަހެޅުން އަދި ފާސްކުރެވޭ ސްޓްރެޓެޖީ ތަންފީޛުކުރުމަށް ކުރަންޖެހޭ ކަންތައްތައްކުރުން
  • ފާސްކުރެވޭ ޑެޓް ސްޓްރެޓެޖީ މިނިސްޓްރީގެ އެގްޒެކެޓިވް ލެވެލްގެ ސަމާލުކަމަށް ގެނެސް ފިސްކަލް ރެސްޕޮންސިބިލިޓީ ބިލް (އެފް.އާރް.އެލް) ގައި ހިމެނިފައިވާ ޓާރގެޓްތައް ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމަށް މަގުފަހިކޮށްދިނުން
  • ދައުލަތުން އަލަށް ނަގާ ލޯން އަދި ގެރެންޓީތަކުގެ ފައިނޭންޝިއަލް އިވެލުއޭޝަން ހެދުމާއި ދަރަނި ނެގުމާ ބެހޭގޮތުން ފަންނީ ލަފާ ދިނުން
  • ދައުލަތުގެ ބަޖެޓަށް ތައްޔާރުކުރަންޖެހޭ (ހ) ޑިސްބަރސްމަންޓް ޓޭބަލާއި، (ށ) ގްރާންޓް ޓޭބަލާއި، (ނ) ސަބްސްކްރިޕްޝަން ޓޭބަލާއި، (ރ) ސަބްސިޑިއަރީ ލޯންތަކުގެ ހިސާބްތަކާއި (ބ) ޓޯޓަލް ޑެޓް ޝީޓް ތައްޔާރުކުރުމުގެ މަސައްކަތުގައި ލަފަޔާ އިރުޝާދުދީ އެ މަސައްކަތް ކުރުވުން
  • ދައުލަތުން އަލަށް ނަގާ ލޯން އަދި ގެރެންޓީތަކަށް ތައްޔާރުކުރާ ލޯން/ގެރެންޓީ ޕްރޮފައިލް ޗެކްކުރުމާއި އެޕްރޫވްކުރުން
  • ދައުލަތުން ނަގާ ލޯނުތަކުގެ ރިސްކުގެ މިންވަރު ދެނެގަތުމާ، ރިސްކުތައް މެނޭޖްމަންޓުގެ ސަމާލުކަމަށް ގެނައުން
  • ޑެޓް މެނޭޖްމެންޓް ކޮމިޓީގެ މަޤުޞަދު ހާސިލުވާގޮތަށް ކޮމެޓީގެ މަސައްކަތް ރާވާ ބެލެހެއްޓުން
  • އޮޕަރޭޝަނަލް ރިސްކް ޕޮލިސީގެ ޑްރާފްޓް އެކުލަވައިލައި، ފާސްކޮށް އިމްޕްލިމެންޓްކުރުން
  • ދައުލަތުގެ ޖުމްލަ ދަރަނި ކޮންސޮލިޑޭޓް ކޮށްފައިވާ ޓޯޓަލް ޑެޓްޝީޓް ޗެކްކުރުން
  • ދައުލަތުގެ ދަރަނީގެ ބުލެޓީން ތައްޔާރު ކުރުމުގެ މަސައްތް މޮނިޓަރ ކުރުމާއި ކަނޑައެޅިފައިވާ މުއްދަތަށް ޝާއިޢުކުރުން
  • ޑިވިޜަންގައި މަސައްކަތް ކުރާ މުވައްޒަފުންގެ ޕާރފޯމެންސް އެޕްރެއިސަލް ހެދުން

އުޖޫރަ އާއި އިނާޔަތްތައް:

  • އިތުރުގަޑީގައި މަސައްކަތްކޮށްފި ނަމަ އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
  • ފިނޭންސް އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ދެވޭނެއެވެ.
  • އާސަންދަ (ހެލްތް އިންޝުއަރެންސް)

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައިވުން.  
  • މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު
  • ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު
  • ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިންސައްތަ: %50)
  • މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: % 12 )
  • އިންޓަރވިއު (ކަނޑައެޅިފައިވާ އިންސައްތަ %38)

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ފުރިހަމަކުރެއްވިފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު (މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓް) އަދި ޓްރާންސްކްރިޕްޓް. ސެޓްފިކެޓް ލިބިފައިނުވާނަމަ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ދޫކުރާ ލިޔުން، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު   
  • ވަނަވަރު/ އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓްފިކެޓް
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އަދި ކުރަމުންގެންދާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (މި ލިޔުމުގައި މުވައްޒަފު އަދާކޮށްފައިވާ މަޤާމުތަކުގައި ހޭދަވި މުއްދަތު އަދި ކޮށްފައިވާ މަސައްކަތް އެނގޭގޮތަށް ހުށަހެޅުން). 

ސުންގަޑި:

23 ޖުލައި 2015 (ބުރާސްފަތި) ދުވަހުގެ 14:30 ގެ ނިޔަލަށް.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349339/3349335 ނަންބަރު ފޯނާއެވެ. މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ފޯނުންގުޅައި އެކަން އެންގޭނެއެވެ. އަދި އިޢުލާންގެ މުއްދަތު ހަމަވާތާ 3 ހަފުތާގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އާއި އިމްތިޙާން ކުރުން މިމިނިސްޓްރީގައި ބޭއްވޭނެއެވެ.

22 ރަމަޟާން 1436

09 ޖުލައި 2015
ހޯދާ