ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އިވެންޓް މެނޭޖަރ

ވަޒީފާގެ ފުރުޞަތު

މަޤާމު: އިވެންޓް މެނޭޖަރ

މުސާރަ އާއި އެލަވަންސް

މަހަކު -/17،500 ރުފިޔާ

މަޤާމުގެ ރޭންކް

EX4

ބޭނުންވާ އަދަދު

01

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

މަރކެޓިންގ

މަޤާމުގެ ޝަރުޠު:

މަޤާމުގެ މަސްޢޫލިއްޔަތު އަންޑަރގްރޭޖްއޭޓް ޑިގްރީއެއް އޮތުމާއެކު 3(ތިނެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ، ދާއިރާގެ ސެކްޝަންގެ އިސް މަޤާމެއްގައި 5(ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

މިކުންފުނިން ޗެނަލްތަކާއި، އުފެއްދުންތަށް ޕޮރޮމޯޓްކުރުމަށް ބޭނުންވާ އިވެންޓްތައް ކަޑައަޅައި، އޯގަނައިޒްކޮށް މެނޭޖްކުރުމާއި، އަދި ވިޔަފާރީގެ އުސޫލުން އިވެންޓްތަށް މެނޭޖްކުރުން.

މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު

މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މިދާއިރާއިން ތަޢުލީމް ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭކަމުގެ ސިޓީއާއި، ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ސެޓްފިކެޓެއްނަމަ ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމުގެ ގޮތުން މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާފަރާތުގެ ވަނަވަރު.
  • ވަޒީފާއަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • މަތީގައިވާ މަޤާމަށް އިންޓަވިއުއަށް ދައުވަތު ދެވޭނީ ޝޯޓް ލިސްޓް ކުރެވޭ ފަރާތަށެވެ.

ސުންގަޑި

 

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2015 ޖުލައި 20 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ/ ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށްއެދޭ ލިއުންތައް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ.

22 ރަމަޟާން 1436

09 ޖުލައި 2015
ހޯދާ