މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
ބައެއް ތަކެތި ގަތުމަށް

މި ސަރވިސްއަށް ތިރީގައި މި ދަންނަވާ ތަކެތި ގަތުމާ ގުޅޭ

މި ސަރވިސްއަށް ތިރީގައި މި ދަންނަވާ ތަކެތި ގަނެދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

  • 15 ކޮމްޕިއުޓަރ ސިސްޓަމް
  • 04 ޕްރިންޓަރ
  • 04 ސްކޭނަރ

ވީމާ، މި ކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަސްތަކާއި ގަޑިތަކަށް މި އޮފީހަށް (ޣާޒީ ބިލްޑިންގ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ތަފުސީލު

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރެއްވުމަށް

16 ޖުލައި 2015

ބުރާސްފަތި

12:00

އަންދާސީހިސާބު ހުށަހެޅުން

21 ޖުލައި 2015

އަންގާރަ

10:00

21 ރަމަޟާން 1435

08 ޖުލައި 2015
ހޯދާ