މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
4 ދޯނި ކުއްޔަށް ހިފުން

04 ދޯނި ކުއްޔަށް ހިފުން:

މި އިދާރާގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނުގެ ކުނީގެ މަސައްކަތުގައި ބޭނުންކުރުމަށް 04 ދޯނި ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.

ވީމާ މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑިތަކުގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށަހެޅުއްވުން އެދެމެވެ.

ތަފުސީލު

ތާރީޚު

ތަން

ގަޑި

ދުވަސް

މަޢުލޫމާތު ސާފުކުރެއްވުމަށް

09 ޖުލައި 2015

ވޭސްޓް މެނޭޖްމެންޓް ސެކްޝަން

11:30

ބުރާސްފަތި

އަގު ހުށަހެޅުއްވުމަށް

16 ޖުލައި 2015

ވޭސްޓް މެނޭޖްމެންޓް ސެކްޝަން

13:00

ބުރާސްފަތި

އަގު ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި މި އިޢުލާން ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކާއި ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކުގެ ބިޑް ބަލައެއްނުގަނެވޭނެއެވެ.

14 ރަމަޟާން 1436

01 ޖުލައި 2015
ހޯދާ