ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
ކުޑަކުދީންނަށް ދިވެހިބަހުން ނާވިލު ލިޔުމުގެ މުބާރާތް – 2015

އިޢުލާނު

ކުޑަކުދީންނަށް ދިވެހިބަހުން "ނާވިލު" ލިޔުމުގެ މުބާރާތް – 2015 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިލުން

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމުގެ ގިންތިތަކުގެ ތެރެއިން، "ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއްކުރުން ނުވަތަ އެއްޗެއް އުފެއްދުން" މި ގިންތިން  2015 ވަނަ އަހަރު އިނާމު ދެއްވުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި ކުޑަކުދީންނަށް ދިވެހިބަހުން 'ނާވިލު' ލިޔުމުގެ ދާއިރާ ރައީސުލްޖުމްހޫރިއްޔާ ވަނީ ހިމަނުއްވާފައެވެ. މި ދާއިރާއިން އިނާމު ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ "ކުޑަކުދީންނަށް ދިވެހިބަހުން "ނާވިލު" ފޮތް ލިޔުމުގެ މުބާރާތެއް މި އެކެޑަމީން ބާއްވައި، އެ މުބާރާތުން 1 ވަނަ ހާސިލުކުރާ ފަރާތަށް ނުވަތަ ފަރާތްކަށް ރައީސުލްޖުމްހޫރީއްޔާ ޚާއްޞަ އިނާމު ދެއްވާ ގޮތަށެވެ. މި މުބާރާތުގެ ގަވާއިދު މި އިޢުލާނާއެކު މިވަނީއެވެ.

ވީމާ، މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މި އިޢުލާނާއެކު މިވާ ފޯމު ފުރިހަމަކޮށް، 2015 ސެޕްޓެންބަރު 30 ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން މި އެކެޑަމީއަށް ހުށަހެޅުން އެދެމެވެ. މި މުބާރާތުގެ ގަވާއިދާއި ބައިވެރިވާން އެދޭ ފޯމު، މި އެކެޑަމީގެ ވެބްސައިޓް   www.dhivehiacademy.edu.mvން އަދި މި އެކެޑަމީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ރަސްމީގަޑީގައި މި އެކެޑަމީގެ 3345285  ނުވަތަ 3345299 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 14 ރަމަޟާން 1436

01 ޖުލައި 2015
ހޯދާ