ކ. ގާފަރު ސްކޫލް، ކ. ގާފަރު
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް

މަސައްކަތު

މަޤާމުގެ ރޭންކް

އެމް. އެސް. 1

މަޤާމުގެ ކުލެސިފިކޭޝަން

ސަޕޯޓް ސަރވިސް ގްރޭޑް 1

މަޤާމުގެ ގިންތި

ދާއިމީ

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ނަންބަރު

227665

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް

ގާފަރު ސްކޫލް، ކ. ގާފަރު

ސެކްޝަން

-

މުސާރަ

މަހަކު -/3،100 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1،000 ރުފިޔާ

އިތުރުގަޑީގެ ފައިސާ

އިތުރުގަޑީގައި މަސައްކަތްކުރަން ޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ ޝަރުޠު

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން (އަސާސީ ތަޢުލީމުގެ ފެންވަރު ހުރުން) ތަޢުލީމީ ސެޓްފިކެޓް ހުށަހަޅައިފިނަމަ އެއަށް ރިޢާޔަތް ކުރެވޭނެއެވެ.

 

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

- ސްކޫލުގެ ކިޔެވުން އޮންނަ ދުވަސްތަކުގައި ކިޔަވައިދިނުމަށް ދަތިނުވާނެ ގޮތެއްގެ މަތިން، ކުނިކަހަންޖެހޭ ހުރިހާތަނެއް ކުނިކެހުމާއި، ކިޔެވުން ނޯންނަ ދުވަސްތަކުގައި، ސްކޫލުގެ އޮފީހުން ކަނޑައަޅާ ވަގުތެއްގައި ކުނިކެހުން.

- ސްކޫލުގެ ކިޔެވުން އޮންނަ ކޮންމެ ދުވަހަކު، ކުލާސް ރޫމްތައް ފޮޅައި ފޮހުން.

- ސްކޫލްގައި ހިންގޭ ތަފާތު އިތުރު ހަރަކާތްތަކުގައި، ސްކޫލުގެ އޮފީހަށާއި ޓީޗަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުން.

- ސްކޫލުގައި ބާއްވާ  ޖަލްސާ، ބައްދަލުވުންފަދަ ކަންކަމަށް އޮފީހުން އަންގާގޮތެއްގެމަތިން ހޯލް ތައްޔާރުކުރުމާއި، ނިމުމުން ކްލާސްތައް ރޭވުން.

- މާލެއިން ނުވަތަ އެހެންވެސް ތަންތަނުން ގެންނަ ތަކެތި ސްކޫލަށް ގެނައުމާއި، ސްކޫލުން ގެންދަންޖެހޭ ތަކެތި ގެންދިއުން.

- ސްކޫލުގެ ކިޔެވުން އޮންނަ ކޮންމެ ދުވަހަކު، ދަރިވަރުންގެ ފާޚާނާތައް، މަދުވެގެން 2 ފަހަރު ސާފުކުރުން.

- މީގެ އިތުރުންވެސް، ސްކޫލުގެ އޮފީހުން އަންގަވާ އެހެނިހެން މަސައްކަތްތައް ކުރުން.

ވަޒީފާއަށް ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭ ކަންތައްތައް

1. ލިބިފައިވާ ތަޢުލީމާއި ތަމްރީނަށް.

 2. ލިބިފައިވާ މަސައްކަތު ތަޖުރިބާއަށް.

3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ބޭނުންވާ ސިފަތައް.

 

އިންޓަވިއުކުރުން

- މި މަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ، އިންޓަވިއު ކުރުމަށް ފަހުގައެވެ. އިންޓަވިއު އޮންނާނީ، 13 ޖުލައި 2015 އާއި 16 ޖުލައި 2015 އާ ދެމެދުގެ ތާރީޚެއްގައެވެ.

- މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

 

 

 

ޝަރުޠު ހަމަވާ ފަރާތަކުން ހުށަހަޅަންޖެހޭ ތަކެތި

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު، ގާފަރު ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ.)

- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 

- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުން، 2015 ޖުލައި 12 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން، ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، ގާފަރު ސްކޫލަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ގާފަރު ސްކޫލުގެ 6640577 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 12 ރަމަޟާން 1436

29 ޖޫން 2015
ހޯދާ