ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ރ. އިނގުރައިދޫ ކޭބަލް ވަޅުލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

މިކުންފުނީގެ ރ. އިނގުރައިދޫގެ ޑިސްޓްރިބިއުޝަން ވިއުގައަށް ގެންނަންޖެހޭ ބަދަލު ގެނައުމަށްޓަކައި އަޅަންޖެހޭ ކޭބަލް ވަޅުލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު: 047/FNK-K(T)FNK/IUL/2015ފ(23 އެޕްރީލް 2015) އިޢުލާނަށް ހުށަހަޅާފައިވާ ބިޑްތަކުގެ އަގުބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލު ކުރުމަށްފަހު އަލުން މި ފުރުޞަތު މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 ޖުލައި 01 ވާ ބުދަ ދުވަހުގެ 11:00 އަށް މި ކުންފުނީގެ ހެޑްއޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 ޖުލައި 08 ވާ ބުދަ ދުވަހުގެ 11:00 ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވާލީމެވެ.

06 ރަމަޟާން 1436

23 ޖޫން 2015
ހޯދާ