މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުރަވީ ބިލްޑިންގގެ ފުރަތަމަ ފަންގިފިލާގެ ހުޅަނގުބައި މަރާމާތުކުރުން

ހުރަވީ ބިލްޑިންގގެ ފުރަތަމަ ފަންގިފިލާގެ ހުޅަނގު ބައި މަރާމާތުކުރުން:

މާލޭ ސިޓީ ކައުންސިލްގެ އިދާރާ ހިންގުމަށް ހަމަޖައްސަވާފައިވާ ހުރަވީ ބިލްޑިންގގެ ތިރީބައި (ގްރައުންޑް ފްލޯ) (އިރުމަތީބައި، ހުޅަނގުބައި)، އަދި ފުރަތަމަ ފަންގިފިލާގެ ހުޅަނގުބައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު މިއިދާރާގެ ނަންބަރު: IUL)425-A1/1/2015/55)ފ(04 މޭ 2015) އިޢުލާނާ ގުޅިގެން ޝައުޤުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުގެ އަދަދު މަދުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލުކޮށް، ހުރަވީ ބިލްޑިންގގެ ފުރަތަމަ ފަންގިފިލާގެ ހުޅަނގުބައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ. (ހަމައެކަނި ފުރަތަމަ ފަންގިފިލާގެ ހުޅަނގުބައި).

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑީގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށަހެޅުއްވުން އެދެމެވެ.

ތަފުސީލު

ތާރީޚު

ތަން

ގަޑި

ދުވަސް

މަޢުލޫމާތު ސާފުކުރެއްވުމަށް

01 ޖުލައި 2015

ވޭސްޓް މެނޭޖްމަންޓް ސެކްޝަން

11:00

ބުދަ

އަގު ހުށަހެޅުއްވުމަށް

08 ޖުލައި 2015

ވޭސްޓް މެނޭޖްމަންޓް ސެކްޝަން

13:00

ބުދަ

އަގު ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި މި އިޢުލާން ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކާއި ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކުގެ ބިޑް ބަލައެއްނުގަނެވޭނެއެވެ.

05 ރަމަޟާން 1436

22 ޖޫން 2015
ހޯދާ